ދުނިޔެ

ކޮވިޑަށް ދޭ ބޭހެއްކަމަށް ބުނެ ބާބާއެއް ކުޑަކުދިންތަކަކަށް ރާ ބޯންދީ އެކުދިން ރޭޕް ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް-19 އަށް ފަރުވާއެއް ކަމަށް ބުނެ ކުޑަ ފިރިހެން ކުދިންތަކަކަށް ރާބޯންދިން ޔޫޕީ މުޒައްފަރްނަގަރުން "ބާބާއެއް" ހައްޔަރު ކޮށްފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެބާބާގެ އާޝްރަމްގައި އުޅުނު 10 ކުއްޖަކަށް ބާބާވަނީ ރާބޯންދީފައެވެ.

އެކުދިންނަށް ރާބޯންދީފަ އެބާބާވަނީ އެކުދިންނަށް ބަރަހަނާ މަންޒަރު ދައްކުވައިދޭ ވީޑިއޯ ވެސް ދައްކާފައެވެ. އަދި އެކުދިންގެ ފުރަގަސް ފަރާތުން ޖިންސީ އެދުން ވެސް އެބާބާވަނީ ފުއްދާފައެވެ. ރިޕޯޓުތަކުން ބުނާ ގޮތުގައި އެކަންކަން ކުރުމަށް އެކުޑަކުދިން ދެކޮޅު ހެދުމުން ބާބާ ވަނީ އެކުދިންނަށް އަނިޔާވެސް ކޮށްފައެވެ.

މިކަން ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ދިނީ އެއާޝްރަމްގައި ކުރިން މަސައްކަތް ކުރި މީހެކެވެ. އޭނާ ބަޔާން ދީފައިވާ ގޮތުގައި ގޯޑިޔާ އާޝްރަމުން އޭނާ ވަކިކުރީ، އެކުޑަ ކުދިންނަށް ލިބެމުންދިޔަ އަނިޔާތަކާއި ދެކޮޅަށް އޭނާ ވާހަކަ ދެއްކުމުންނެވެ. އެމީހާވަނީ ކުޑަކުދިންގެ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއްގައި މިވާހަކަތައް ހިއްސާކޮށް، އެކުދިން ސަލާމަތް ކޮށްފައެވެ. އަދި ފުލުހުން ވަނީ އެބާބާ ހައްޔަރު ކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އެފިރިހެން ކުދިންގެ މައިންބަފައިން އެކުދިން އާޝްރަމަށްލީ މޮޅަށް ތަޢުލީމް އުނގަންނައިދޭށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!