އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ކުރަމުންދާ މުޒާހަރާގައި ފުލުހުންނަށް ހަމަލާދީފި
އައިލެންޑް އެކްސްޕާޓުގެ ބިދޭސީން ކުރަމުންދާ މުޒާހަރާގައި ފުލުހުންނަށް ހަމަލާދީފިއެވެ.
ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓް ޕްރައިވެޓް ލިމިޓެޑްގެ ބިދޭސީން މުއައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރުމަށް ހުޅުމާލޭގައި މިއަދު މުޒާހަރާއެއް ކޮށްފައިވާ ކަމަށާއި އެ މުޒާހަރާ ތެރޭގައި އެ މީހުން ކުރިމަތިލުމުގެ ސަބަބުން ފުލުހުންނަށް އަނިޔާވި އިރު ފުލުހުންގެ ވެހިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުން މިހާރު ވަނީ ކޮންޓްރޯލް ކޮށްފައި ކަމަށާއި މުޒާހަރާ ވެސް ރޫޅާލާފައިވާ ކަމަށެ. ނަމަވެސް މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ނުވަތަ ނުކުރާ ކަމެއް ފުލުހުން ނުބުނެ އެވެ.
ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތް ކުރާ ފްލެޓުގެ މަސައްކަތް ކުރަނީ އައިލެންޑް އެކްސްޕާޓުންނެވެ. އެ މީހުން މުޒާހަރާ ފެށީ މުސާރަ ދޭން ދިން މުހުލަތުގައި އެކަން ނުކުރުމުން ކަމަށް އެ ތަނުން ވާހަަކ ދެއްކި ބިދޭސީއަކު ބުންޏެވެ.
އެ މީހުން މުޒާހަރާ ކުރަން ފެށުމުން އެކަން ހުއްޓުވަން ފުލުހުން ދިޔުމުން އެ މީހުން ފުލުހުންނާ ގާބުރި ފަދަ ތަކެތި އުކާފައިވާ ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.