ޚަބަރު

ހަމަނުޖެހުން ހިންގި މައްސަލާގައި މިހާތަނަށް 22 ބިދޭސީއަކު ހައްޔަރު ކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މުޒާހަރާކޮށް ހަމަނުޖެހުން ހިންގި މައްސަލާގައި 22 ބިދޭސީއަކު ހައްޔަރު ކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ ހަމަނުޖެހުން ހިންގި މީހުންގެ ތެރެއިން 22 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުލިބެއެވެ.

މީގެކުރިން ފުލުހުން ބުނީ އައިލެންޑް އެކްސްޕާޓުގެ ބިދޭސީ މުވައްޒަފުންތަކެއް މުސާރަ ނުލިބޭތީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރުމަށް ހުޅުމާލޭގައި މުޒާހަރާއެއް ކުރަމުންދާ ކަމަށެވެ. އެގޮތުން މި މުޒާހަރާގެ ތެރެއިން ހަމަނުޖެހުން ހިންގައި، ބައެއް ފުލުހުންނަށް އަނިޔާވެ ވެހިކަލަކަށް ގެއްލުން ވެފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ ހަމަނުޖެހުން މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު، މުޒާހަރާ ކުރަމުންދާ ބިދޭސީން މިވަގުތު ތިބީ އައިލެންޑް އެކްސްޕާޓުގެ ލޭބަރު ކުއާޓާގައި ކަމަށް ފުލުހުން ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!