މުނިފޫހިފިލުވުން

އަނުޕަމް ގެ އާއިލާގެ ގިނަ ބަޔަކު ވެސް ކޮޮވިޑަށް ފައްސި

ދެން އެމްވީ ، ދެން އޮންލައިން

ފާއިތުވި ދެ ދުވަހު ބޮލީވުޑްގެ ފޭނުންނަށް ބޮޑު ހިތާމައެއް ގެނުވީ އަމީތާބު ބައްޗަން ކޮވިޑް19 އަށް ފައްސިވެ އެ އާއިލާގެ އިތުރު 3 މީހަކު ފައްސިވުމުންނެވެ.

Ads by Hajj Corporation

އަނެއްކާވެސް މި ވަނީ ބޮލީޥުޑްގެ އިތުރު އާއިލާއެއް ކޮވިޑަށް ފައްސިވެފައެވެ. ބޮލީވުޑް ތަރި އަނުޕަމް ޚޭރް މި ވަނީ އޭނާގެ އާއިލާގެ މެންބަރުން ތަކެއް ކޮވިޑަށް ފައްސިވި ކަން ހާމަކޮށްފައެވެ.

އެގޮތުން އޭނާ ބުނި ގޮތުގައި އޭނާ ކޮވިޑް ޓެސްޓުން ނައްސިވީ ކަމުގައި ވިޔަސް އޭނާގެ މަންމަ ގެ އިތުރުން ބޭބެ ރާޖޫ އާއި ފަހަރި އަދި ބޭބެ ގެ އަންހެން ދަރިފުޅު ވެސް ކޮވިޑަށް ަފއްސިވެފައިވާ ކަމަށެވެ.

ހުރިހާ މީހުންގެ ހާލުވެސް އާންމުކޮށް ރަނގަޅުކަމަށް އަނުޕަމް ބުނި އިރު، އޭނާ އިތުރަށް ބުނި ގޮތުގައި މަންމަ އޮތީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފައެވެ. އެހެން މީހުން ގޭގައި ކަރަންޓީނުގައި ތިިބިކަން ވެސް އޭނާ ފާހަގަކުރިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!