މުނިފޫހިފިލުވުން

ދީޕިކާ ގެ އޯސީޑީ: ޕަބްލިކް ފާޚާނާތައް ވެސް ސާފުކުރި!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި ދީޕިކާ ޕަދުކޯން އާއި ބެހޭގޮތުން އަނެއްކާވެސް މިވަނީ އާދަޔާ ޚިލާފު ވާހަކަތަކެއް އަޑުއިވިފައެވެ.

Ads by Sosun Fihaara

ސަމްސަލަކުން އަމިއްލަ މީހާގެ ސިފަ ބަލަމުން، އިންސްޓަގްރާމްގައި ދީޕިކާ ކޮށްފައިވާ ޕޯސްޓެއް ބުނެފައިވަނީ މުޅި ހަފްތާއެއްކޮށް ކޭކު ކެއުމަށްފަހު އޭނާ އަމިއްލަ މީހާ "ޗެކް އައުޓް" ކުރަނީ ކަމަށެވެ.

އެޕޯސްޓުގައި އެކްޓަރ އަދި ދީޕިކާގެ އެކުވެރިއެއް ވެސް ކަމަށްވާ ކާރްތިކް އާރްޔަން އަހާފައިވަނީ، ދީޕިކާ ހިފައިގެން އިން ސަމުސާ އެހާ ސާފުކޮށް ހުރީ ކިހިނެއްތޯއެވެ.

އެއަށް ޖަވާބުގައި ސަމާސާ މިޒާޖަކަށް ދީޕިކާ އެހީ އޭނާގެ ގޮތް ރަނގަޅަށް އިނގޭތޯއެވެ.

އެޚަބަރާއެކު އިންޑިއާގެ ނޫސްތަކުގައި ފަވާލެވިފައިވަނީ ސަަފުޠާހިރު ކަމަށް ދީޕިކާ ދޭ ޚާއްސަ އަހައްމިއްޔަތު ކަމާއި އޭނަގެ އޯސީޑީ އާއި ބެހޭގޮތުންނެވެ.

އެގޮތުން މީގެ ހަތަރު އަހަރު ކުރިން އިންޓަވިއު އެއްގައި ދީޕިކާ ބުނެފައިވަނީ އޭނައަކީ ތަންތަން ސާފުކުރަން ވަރަށް ވަރު ހުންނަ މީހެއް ކަމަށާއި ވަރަށް ގަދަޔަށް އޭނަގެ އޯސީޑީ ހުންނަ ކަމަށެވެ.

އެގޮތުން މީގެ ކުރިން ޕަބްލިކް ފާޚާނާތައް ވެސް ސާފު ކުރިކަމަށް ދީޕިކާ ބުނެފައިވެއެވެ.

"އަހަރެން އަބަދުވެސް އަމިއްލަ މަސައްކަތްތައް ކުރާ ހިތްވޭ. އަމިއްލައަށް ހުރިހާ ކަމެއްވެސް ކުރާ ހިތްވޭ. އަހަރެންގެ ވަރަށް ގަދަޔަށް އޯސީޑީ ހުރޭ. އެެހެންވެ ތަނެއް ހަޑިކޮށް ހުންނަތަން ފެނިއްޖިއްޔާ ސާފު ކުރަން ފެށޭ. ޕަބްލިކް ފާޚާނާތައް ވެސް ހުންނާނެ އެހެންވެ ސާފުކޮށްފަ" ދީޕިކާ ބުނެފައިވެއެވެ.

މީގެއިތުރުން ދީޕިކާ ބުނެފައިވަނީ ގޭތެރޭގެ މަސައްކަތްތައް އަމިއްލައަށް ކުރުމަކީ އޭނަ ވަރަށް ލޯބިކުރާ ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!