މުނިފޫހިފިލުވުން

އަމީތާބާއި އަބީޝޭކްގެ ހާލު ސީރިއަސް އެއް ނޫން، މާބޮޑު ބޭހެއް ކުރާކަށް ނުޖެހޭ: ނާނާވަތީ ހޮސްޕިޓަލު

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރުން ކަމުގައިވާ އަމީތާބް ބަޗަން އާއި އަބީޝޭކް ބަޗން ގެ ހާލު ސީރިއަސް ނޫން ކަމަށާއި، އެދެމީހުންނަށް ވެސް މާބޮޑު ބޭހެއް ކުރަން ނުޖެހޭ ކަމަށް، އެމީހުން އެޑްމިޓު ކޮށްފައިތިބި ނާނާވަތީ ހޮސްޕިޓަލުން ބުނެފިއެވެ.

Ads by STELCO

އުމުރުން 77 އަހަރުގެ އަމީތާބާއި 44 އަހަރުގެ އަބީޝޭކް މިވަގުތު އެޑްމިޓް ކޮށްފައިތިބީ އެހޮސްޕިޓަލުގެ އައިސޮލޭޝަން ވޯޑުގައެވެ. އެދެބަފައިން ކޮވިޑް-19 އަށް ފައްސިވެފައިވާކަން އެނގިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގައެވެ.

ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވަނީ އަމީތާބާއި އަބީޝޭކް ވެސް މިހާރު އަންނަނީ މިބަލިން ފަރުވާ ލިބެމުން ކަމަށާއި ދެބަފައިންގެ ވެސް މިވަގުތު ފެންނަނީ ހުރީ ބަލީގެ ވަރަށް ކުޑަ އަލާމާތްތަކެއް ކަމަށެވެ.

އަމީތާބާއި އަބީޝޭކް ގެ އިތުރުން އަބީޝޭކްގެ އަންހެނުން އައިޝްވާރްޔާ ރާއީ ބަޗަން އާއި އެމީހުންގެ އަށް އަހަރުގެ ދަތިފުޅު އާރަދްޔާ ބަޗަން ވެސް ވަނީ ކޮވިޑް އަށް ފައްސި ވެފައެވެ. ނަމަވެސް އެދެމައިން ކަރަންޓީނު ވެފައި ތިބީ އެމީހުންގެ ގޭގައި ކަމަށް އަބީޝޭކް ބުނެފައިވެއެވެ.

ބަޗަން އާއިލާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ވެސް ގިނަބައެއްގެ ލޯތްބާއި އިޚްތިރާމް ލިބިފައިވާ އާއިލާއެކެވެ. އެހެންކަމުން އިންޑިއާގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްގެ ޝިކާރައަކަށް ބަޗަން އާއިލާގެ މެންބަރުތަކެއް ވުމުން، ގިނަ ބަޔަކު އަންނަނީ އެކަމާއި ހިތާމަފާޅުކޮށް، ހެޔޮ ދުޢާ ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!