މުނިފޫހިފިލުވުން

ކޮވިޑް19: ގޭގައި މަސައްކަތް ކުރާ މުވައްޒަފަކު ފައްސިވެ، ރޭކާ ކޮވިޑަށް ޓެސްޓު ކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު ބޮލީވުޑްގެ ފިލްމީތަރިއެއް ކަަމަށްވާ ރޭކާ ވެސް ކޮވިޑް19 އަށް ޓެސްޓު ކުރަން ޖެހިއްޖެއެވެ. ރޭކާ ކޮވިޑަށް ޓެސްޓު ކުރަން ޖެހެނީ އޭނާ ދިރިއުޅޭ ބަންގްލޯ ގެސެކިއުރިޓި ގާޑެއް ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ. ބަންދްރާ ގައި ހުންނަ ބްނގްލޯ މިހާރު ވަނީ ޑިސްއިންފެކްޓުކޮށްފައެވެ.

Ads by STELCO

މިއަދު ގެ ވަގުތެއްގައި ރޭކާ އޭނާގެ ސާމްޕަލް ބްރިހަމް މުމްބާއީ މުނިސިޕަލް ކޯޕަރޭޝަން އަށް ފޮނުވައި ޓެސްޓު ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޭކާ ކޮވިޑަށް ޓެސްޓު ކުރަން ހަމަޖެހިފައިވާއިރު ރޭކާ އާއެކު އޭނާގެ ރަން ދުވަސްވަރު ފެނިގެން ދިޔަ ސްޓާރު ކަމަށްވާ އަމީތާބު ބައްޗަން ވަނީ ދާދި ފަހުން ކޮވިޑަށް ފައްސިވެފައެވެ. އަމީތާބުގެ އިތުރުން އޭނާގެ ދަރިފުޅު އަބީޝޭކާއި އައިޝްވާރިޔާގެ ގެ އިތުރު އަމީތާބުގެ ކާފަ ދަރިފުޅު އަރާދިޔާ ވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.

ހަމައެހެންމެ އަނުޕަމް ޚޭރް ގެ އާއިލާގެ ގިނަ ބަޔަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!