ދުނިޔެ

ޑޮކްޓަރަށް ދެއްކީ 30 އަހަރު ފަހުން، ޖެހުނީ މުޅި ދަތްދޮޅި އެއްކޮށް ނަގަން

ދެން އެމްވީ ، ދެން އޮންލައިން

30 އަހަރު ފަހުން ދަތުގެ ޑޮކްޓަރަކަށް ދެއްކި މީހަކު މުޅި ދަތްދޮޅި އެއްކޮށް ނަގަން ޖެހިއްޖެއެވެ.

Ads by WAMCO

އުމުރުން 51 އަހަރުގެ ވިކިލްސަން ޑޮކްޓަރަށް ދައްކަން ގޮސްފައިވަނީ އަނގައިގައި ރިއްސާ ނިދާފައި ހޭލާއިރު އަނގައިން ލޭ އަންނާތީއެވެ.

އެކްސްރޭ އިން އޭނާގެ އަނގައިގައި ބާގަނޑެއް އިންނަ ކަމަށް ދެއްކުމުން އިތުރު ޓެސްޓުތައް ހެދުމުން އެނގުނީ އަނގައިގައި ބޮޑު ޓިއުމަރެއް އިން ކަމެވެ. މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި މި މީހާގެ ދަތްދޮޅިއާއެކު ޓިއުމަރު ވަނީ ނަގާފައެވެ.

އޮޕަރޭޝަން ގެ ފަހުން އޭނާ އަށް އަނގައިން ވާހަކަ ނުދެއްކޭއިރު، ނުއެއް ކެވެއެވެ. ކާން އެއްޗެހި ދެނީ ބަނޑަށް ގުޅާފައި އިންނަ ހޮޅިއެއްގެ ޒަޜިއާއިންނެވެ.

ވިކިލްސަން ގެ އަންހެނުން ބުނި ގޮތުގައި އޭނާ އެންމެ ފަހުން ދަތުގެ ޑޮކްތަރަކީ ދެއްކީ އުމުރުން 20 އަހަރުގައި އަނގައިގައި އިން ދަތެއް ނެގުމަށެވެ. އަދި އޭގެ ފަހުން ދަތުގެ ޑޮކްޓަރުން ދެކެ ބިރު ގަންނަ ކަމަށާއި މިހުރިހާ ދުވަހު ޑޮކްޓަރަށް ނުދެއްކީ އެ ސަބަބަށްޓަކައި ކަމުގައި އޭނާ ބުނެފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!