މުނިފޫހިފިލުވުން

މޫސާ ވަސީމް އަތުން ރިހާކުރުފުޅި ތެޅުން ވާހަކަ އޭނަގެ މަންމަ ކައިރީގައި ނުބުނާތި!

ދެން އެމްވީ ، ދެން އޮންލައިން

މޫސާ ވަސީމް އޭ ބުނުމުން އެއީ ކާކުކަން ނޭނގޭނެ މީހަކު މިރާއްޖޭގައި ވަރަށް މަދުވާނެއެވެ.

Ads by Hajj Corporation

ޓެލެވިޝަން މޯލްޑިވްސް ގައި ކުރިން ޝޯތައް ޕްރެޒެންޓު ކޮށްދޭން އެރުމާއި ޚަބަރުތައް ކިޔަން އެރުމުން، އޭނާއަކީ ހަމަޔަގީނުން ވެސް އެންމެން ވެސް ދަންނަ މޫނެކެވެ. އަދި އޭނާއާއި ވާހަކަ ދެއްކިފައިތިބި މީހުންނަށް، އޭނާއަކީ ވަރަށް ވެސް އެކުވެރި މަޖާ މިޒާޖެއްގެ މީހެއްކަން ވަނީ ފާހަގަވެފައެވެ.

ޓީވީގެ ޝޯތަކުން މިހާރު އެމޫނު ފެންނަން ނެތް ކަމުގައިވިޔަސް، އަދިވެސް މީސްމީޑިއާއަށް އެއީ ބީރަށްޓެހި މީހެއް ނޫނެވެ. ޓްވިޓާ އާއި އިންސްޓަގްރާމްގައި އަދިވެސް އޭނާއަކީ ކަންކަމުގައި މަޖާ ޚިޔާލު ހިއްސާކުރާ ނުހަނު އެކުވެރި މީހެކެވެ.


އެފަދަ ޕޯސްޓެއް އިއްޔަވެސް މޫސަ މިވަނީ ޓްވިޓާގައި ކޮށްފައެވެ.

ތަޅައިގެން ގޮސްފައިވާ ބޮޑު ރިހާކުރުފުޅިއެއްގެ ފޮޓޯ ހިއްސާ ކޮށްފައިވާއިރު ކެޕްޝަންގައި މޫސަ އެދިފައިވަނީ އޭނަގެ މަންމަ ގާތު އެވާހަކަ ނުބުނުމަށެވެ.

މޫސާ ވަސީމަކީ މިހާރު އައިލެންޑް އޭވިއޭޝަންސްގެ ޕީއާރް މެނޭޖަރެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!