ދިއްފުށީގައި ޒުވާނާ އަމިއްލައަށް މަރުވާން އުޅުނީ އަނބިމީހާ ހިލޭ ފިރިހެނުންނާއި ގުޅުން ބާއްވާ ބޭވަފާތެރިވަމުންދާތީ!
ކ. ދިއްފުށީގަައި ރޭ ދަންވަރު އަމިއްލައަށް މަރުވާން ވެގެން ދަންޖެހިފައި ހުއްޓާ ސަލާމަތް ކުރި ޒުވާނާ، އެކަން ކުރަން އުޅުނީ އޭނަގެ އަނބިމީހާ އަދި އޭނާއަށް ބޭވަފާތެރި ވެގެންކަން އެނގިއްޖެއެވެ.
އިތުބާރުހުރި ފަރާތަކުން "ދެން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެޒުވާނާގެ އަނބިމީހާ ވަނީ ބަންގްލަދޭޝް މީހެއްގެ އިތުރުން ދިވެހި އެތައް ބަޔަކާއި ލޯބީގެ ގުޅުން ބާއްވާފައެވެ. އަނބިމީހާގެ ފޯނުން ހިންގާ މުޢާމަލާތްތައް ފިރިމީހާއަށް ފެންނަ ގޮތް ހަދާފައިވާތީ އަނބިމީހާ ހިލޭ ފިރިހެނުންނާއި ފޯނުން ހިންގި މުޢާމަލާތްތައް ވެސް ފިރިމީހާއަށް ދިޔައީ އެނގެމުންނެވެ.
ބަނގްލަދޭޝްމީހާއާއި އަނބިމީހާގެ ގުޅުން ، ފިރިމީހާއަށް އެނގި އޭނާއަށް ވަނީ ދާދިފަހުން ހާޓްއެޓޭކެއް ވެސް ޖެހިފައެވެ.އެހެންކަމުން ފަރުވާ ކުރަން މާލެ ގޮސްފައި އެނބުރި ދިއްފުށްޓަށް ގޮސް އޭނާ ހުރީ ކަރަންޓީނުގައެވެ. އަމިއްލައަށް މަރުވާން އުޅުނީވެސް ކަރަންޓީނުގައި ހުރެއެވެ.
ޒުވާނާ މަރުވާން ބޭނުންކޮށްފައިވަނީ މަހަށް ޖަހާ ބަޑީގައި ހުންނަ ރަބަރެވެ. ދަން ޖެހުމަށްފަހު އޭނާގެ ދައްތައަކަށް ގުޅާ މޫނު ދެކެން ބޭނުންވާ ނަމަ ދިޔުމަށް އެދުމުން ، އެޒުވާނާ ސަލާމަތް ކޮށްފައިވަނީ އޭނާގެ ދައްތައާއި އެތަނަށް ދިޔަ ރައްޓެހި މީހުންނެވެ.
މި ޒުވާނާއާއި އޭނާގެ އަނބިމީހާގެ ދެ ދަރީން ވެސް ތިބެއެވެ.
ކޮންމެ ސަބަބަކާއި ހުރެ ނަމަވެސް އަމިއްލަށް މަރުވުމާއި އެކަމަށް މަގު ފަހިވާނެ ކަންކަން ވެސް މާތްﷲ ވަނީ ޙަރާމް ކުރައްވާފައެވެ. ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އުއްމަތަށް އިރުޝާދު ދެއްވާފައިވަނީ ، މި ޙަޔާތާ ވަކިވެގެންދާ ގޮތަކީ އަމިއްލައަށް މަރުވުން ކަމަށް ކުޑަމިނުން ، އުންމީދުވެސް ނުކުރުމަށެވެ.
މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
يَا أَيُّهَا الَّذِينَ آمَنُوا لَا تَأْكُلُوا أَمْوَالَكُم بَيْنَكُم بِالْبَاطِلِ إِلَّا أَن تَكُونَ تِجَارَةً عَن تَرَاضٍ مِّنكُمْ ۚ وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا
މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! باطل ގޮތުގައި ތިޔަބައިމީހުންގެ މުދާތައް ތިޔަބައިމީހުންގެ މެދުގައި ނުކާށެވެ! އެހެނެއްކަމަކު، ތިޔަބައިމީހުންގެ ތެރެއިން ދެފަރާތުގެ ރުހުމުގެ މައްޗަށް އޮންނަ ވިޔަފާރިޔަކަށްވުން މެނުވީއެވެ. އަދި، ތިޔަބައިމީހުންގެ އަމިއްލަ نفس ތައް ތިޔަބައިމީހުން قتل ނުކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް رحيم ވަންތަ ރަސްކަލާނގެ ކަމުގައި اللَّه ވޮޑިގެންވެއެވެ.