މުނިފޫހިފިލުވުން

ކޮވިޑު ޓެސްޓު ހަދަން ރޭކާ ދެކޮޅު ހަދައިފި

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑުގެ މަޝްހޫރު ތަރި، ރޭކާގެ މުވައްޒަފަކު ކޮވިޑް-19 އަށް ފައްސިވެފައިވާތީ ރޭކާގެ ކޮވިޑް ޓެސްޓް ހެދުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކުރުމަށް އޭނާ ދެކޮޅު ހަދައިފި އެވެ.

Ads by Hajj Corporation

ރިޕޯޓުތައް ބުނާ ގޮތުގައި ރޭކާ ގެ ޓެސްޓު ހެދުމަށް އޮފިޝަލުން އެގެއަށް ދިއުމުން ދޮރު ނުހުޅުވާ، މެނޭޖަރު އެތެރޭގައި ހުރެގެން ވާހަކަ ދައްކަމުން ވަނީ ނަމްބަރެއް ދިނުމަށް ފަހު، އެ ނަމްބަރަށް ގުޅައިގެން ވާހަކަ ދެއްކުމަށް އެދިފަ އެވެ.

އެހެންވެ، ސާމްޕަލް ނުނަގާ އޮފިޝަލުން ޖެހުނީ އަނބުރާ ދާށެވެ.

އަދި ފަހުން އެ ނަންބަރަށް ގުޅުމުން ރޭކާގެ ހާލު ރަނގަޅުކަމަށާއި ފައްސިވި މީހަކާއި ކޮންޓެކްޓު ނުވާ ކަމަށް ބުނެފައިވާ ކަމަށެވެ.

ރޭކާ ކޮވިޑަށް ޓެސްޓު ކުރަން ޖެހުނީ އޭނާ ދިރިއުޅޭ ބަންގްލޯ ގެސެކިއުރިޓި ގާޑެއް ބައްޔަށް ފައްސިވުމާއި ގުޅިގެންނެވެ. ބަންދްރާ ގައި ހުންނަ ބްނގްލޯ މިހާރު ވަނީ ޑިސްއިންފެކްޓުކޮށްފައެވެ.

ރޭކާ ކޮވިޑަށް ޓެސްޓު ކުރަން ހަމަޖެހިފައިވާއިރު ރޭކާ އާއެކު އޭނާގެ ރަން ދުވަސްވަރު ފެނިގެން ދިޔަ ސްޓާރު ކަމަށްވާ އަމީތާބު ބައްޗަން ވަނީ ދާދި ފަހުން ކޮވިޑަށް ފައްސިވެފައެވެ. އަމީތާބުގެ އިތުރުން އޭނާގެ ދަރިފުޅު އަބީޝޭކާއި އައިޝްވާރިޔާގެ ގެ އިތުރު އަމީތާބުގެ ކާފަ ދަރިފުޅު އަރާދިޔާ ވެސް ވަނީ ވައިރަހަށް ފައްސިވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!