ޚަބަރު

އެއްވެ އުޅެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި: ހޯމް މިނިސްޓްރީ

ދެން އެމްވީ ، ދެން އޮންލައިން

މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ބާއްވާނަމަ އެ އެއްވުން ބޭއްވޭނީ ކާނިވާ ސަރަހައްދުގައި އެކަނިކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

ހޯމް މިނިސްޓްރީން ބުނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނުގެ ދަށުން ފުލުހުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، ވެރިރަށް މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނީ، ހެންވޭރު ކާނިވާ ސަރަހައްދުގައި ކަމަށް ކަނޑައަޅާފައިވާކަމަށެވެ. އެހެންކަމުން މިކަން ހުރިހާ ފަރާތަކުގެ ސަމާލުކަމަށް ގެންނަކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

ފުލުހުންގެ ހުއްދަނެތި އެއްވުންތައް ކާނިވާ ސަރަހައްދުގައި ބޭއްވޭ ގޮތަށް ކަނޑައަޅާ ރައްޔިތުން މަޖިލީހުގެ ގިނަ އަދަދެއްގެ މެމްބަރުންގެ ވޯޓާއިއެކު ފާސްކޮށް ޤާނޫނަށް ބަދަލުގެނައީ ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައެވެ. މި ނިންމުމާއިއެކު އެ ނިންމުމަކީ ޤާނޫނު އަސާސީއާއި ހިލާފު ނިންމުމެއްކަމަށް ބުނެ އޭރުގެ އިދިކޮޅު ފަރާތްތަކުން ވަނީ ސަރުކާރަށް ފާޑުކިޔާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!