"އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ"
އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
އަލީ ހުސައިން މިހެން ވިދާޅުވީ މާލޭގައި ކުރާ މުޒާހަރާތައް ކުރެވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށް ހޯމް މިނިސްޓްރީން މިއަދު އެންގުމާ ގުޅިގެންނެވެ.
ހޯމް މިނިސްޓްރީން ބުނީ "ސުލްހަވެރިކަމާއެކު އެއްވެއުޅުމާ ބެހޭ" ގާނޫނުގެ 24 ވަނަ މާއްދާގެ ޅ. ގެ ދަށުން ފުޅަނދު ބުރުތަކާއި އެއްވުންތައް މާލޭގައި ބޭއްވޭނީ ހަމައެކަނި ކާނިވާ ސަރަހައްދުގައި ކަމަށެވެ.
މިކަމާ ގުޅިގެން ހޯމް އަލީ ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ ކަމަށެވެ.
އެއްވެ އުޅުމުގެ ހައްގު ގެއްލޭ ހިސާބުން ޑިމޮކްރަސީގެ ނަމުގައި އިތުރަށް ދައްކާނެ ވާހަކައެއް ނޯންނާނެ.
— Ali Hussain (@AleeVoice) July 14, 2020
ހޯމް މިނިސްޓްރީން މިހެން ބުނީ އަންހެނުންނާއި ކުޑަކުދިންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރުމާ ދެކޮޅަށް މާލޭގައި މި ފަހުން އިހުތިޖާޖުތަކެއް ކޮށްފައި ވަނިކޮށެވެ.
ކުރީގެ ސަރުކާރުން މި ބަދަލު ގެނައުމުގެ ކުރިން އެއްވެއުޅުމުގެ ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް އެންގުމަށް ފަހު، ގްރީން ޒޯން ކަމުގައި ނުހިމެނޭ މާލޭގެ ކޮންމެ ސަރަހައްދެއްގައި އެއްވުންތައް ބޭއްވެ އެވެ. ފަހުން އެ ބަދަލު ގެނައީ އޭރުގެ އިދިކޮޅު ފަރާތްތަކުން އޭރުގެ ސަރުކާރާ ދެކޮޅަށް ކުރަމުންދިއަ ހަރަކާތްތަކަށް ހުރަސްއަޅަން ކަމަށް ބުނެ އޭރު ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ.