ކުޅިވަރު

ފްރާންސްގެ މާސޭއިން ޒިދާންއާއި ރޮނާލްޑޯ ގެންދަނީ!

ދެން އެމްވީ ، ދެން އޮންލައިން

ފްރާންސްގެ މާސޭއަކީ އެގައުމުގެ އެންމެ ކާމިޔާބު އެއް ކުލަބެވެ. އެކުލަބުންވަނީ ޔުއެފާ ޗެމްޕިއަންސް ލީގު 1993ވަނަ އަހަރު ހޯދާފައެވެ. އަދި މި ސީޒަން ދެވަނައިގައި ނިންމާލިއިރު، އެކުލަބު މިހާރުވަނީ މެދުއިރުމަތީގެ ވިޔަފާރިވެރިވެރިންތަކަކަށް ވިއްކާލާފައެވެ.

Ads by Hajj Corporation

މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ މާސޭ ވިއްކާލާފައިވަނީ 700 މިލިއަން ޔޫރޯއަށެވެ. ކޮވިޑް-19ގެ ސަބަބުން ސީޒަން މެދު ކަނޑާލިއިރު، ކުލަބު ވިއްކާލުމުގެ ބޮޑުބައެއް އޮތީ ނިމިފައެވެ.

ކުލަބު އައު ވެރިން ކުލަބަށް ގެންނަން ބޭނުންވާ ކޯޗަކީ ފްރާންސްގެ ޒައިނުއްދީން ޒިދާންއެވެ. ޒިދާންގެ އުފަން ރަށަކީ ފްރާންސްގެ މާސޭއެވެ. ކުލަބުގެ ވެރިން ގަބޫލުކުރާގޮތުގައި އެ ސިޓީއަށް ނިސްބަތްވާ މީހަކާއި ކުލަބު ހަވާލު ކުރުމަކީ އެންމެ ރަނގަޅު ގޮތެވެ. އަނެއްކޮޅުން މާސޭގެ ސަޕޯޓަރުންގެ މެދުގައި ޒިދާންއަކީ އޭނާ ކުޅުނު ދުވަސްވަރުވެސް ވަރަށް މަގުބޫލު ކުޅުންތެރިއެކެވެ.

އެކުލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިންނަކީ ކޮބައިތޯ އެހުމުން އެކުލަބުގެ އައުވެރިޔާ އަޖްރޫދީ ވިދާޅުވީ އޭނާއަކީ އަބަދުވެސް ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރެއްކަމަށެވެ. އެހެންކަމުން ޔުވެންޓަސްގެ ފޯވާޑް މާސޭއަށް ގަންނަން ހޭދަކުރަން ބޭނުންވާކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ޕޯޗުގަލްގެ ކެޕްޓަން އެކުލަބަށް ކުޅުމަކީ ހުވަނެއްކަމަށާއި، ފުޓްބޯޅައިގައި ކޮންމެކަމެއްވެސް ވެދާނެކަމަށް އަޖްރޫދީ ވިދާޅުވިއެވެ.

ކުލަބުގެ އައު ވެރިން ބޭނުންވަނީ ނުވަދިހައިގެ ކުރީކޮޅު ޔޫރަޕްގެ ގަދަ ބާރެއްގައި އޮތް މާސޭ އެހިސާބަށް އަލުން ގެންގޮސްދޭށެވެ. އަދި އެކަމަށް ކޮންމެ ފަދަ ބޮޑު ހޭދައެއް ކުރަން ތައްޔާރުކަމަށްވެއެވެ.

ފްރާންސްގެ މާސޭއަކީ މެދުއިރުމަތީގެ ވިޔަފާރިވެރިއަކަށް ވިއްކާލި ފްރާންސްގެ ދެވަނަ ކުލަބެވެ. ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ވެރިންގެ ގޮތުގައި ޝެއިޚް މަންސޫރު އައިފަހުން އެކުލަބުންވަނީ ޔޫރަޕްގެ ނަން މަޝްހޫރު ކުޅުންތެރިން ހޯދައި ބޮޑެތި ބާރުތަކާއި ވާދަކުރަމުންނެވެ. އަދި މި ސީޒަންގެ ޗެމްޕިއަންސް ލީގުގެ އެންމެ ބޮޑު އެއް ފޭވަރިޓަކީވެސް ޕީއެސްޖީއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!