ޚަބަރު

ސިރާޖުގެ ސުވާލެއް: ހޯރަ އިއްބެ ކުރި ކައިވެންޏަށް ލިބުނު ދަރިންގެ ހައްގު ކޮބާ؟

ދެން އެމްވީ ، ދެން އޮންލައިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ޖަލަށްލާފައި ވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިނިވަން ކުރެއްވި ރައީސް އޮފީހުގެ ކުރީގެ އަންޑާ ސެކްރެޓަރީ އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންކުރުމާ މެދު ބަޔަކު ދެކޮޅު ހަދާއިރު، އެ ކުއްޖާއާ ކައިވެނިކޮށްގެން ލިބުނު ދަރިންގެ ހައްގު ކޮބައިތޯ ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ސުވާލު އުފައްދަވައިފިއެވެ.

Ads by MWSC

ސިރާޖު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހޯރަ އިއްބެ ޖަލަށްލިއިރު އޮތީ ރަންވެސް ކިޔާފައި ކަމަށް ވިދާޅުވެ އޭނާ ކުރެއްވި ޓްވީޓަކީ ހޯރަ އިއްބެ މިނިވަންކުރުމާ ގުޅޭގޮތުން ކޮށްފައިވާ ސުވާލަކަށް ދީފައިވާ ޖަވާބެއް ކަމަށެވެ.

"އެއްވެސް އިރެއްގައި ހޯރައިއްބެ ދިފާއެއް ނުކުރަން،" ސިރާޖު ވިދާޅުވިއެވެ.

އޭނާ ދެކެވަޑައިގަންނަވާގޮތުގައި ހޯރަ އިއްބެ މިނިވަންކޮށްފައި ވަނީ މުޅި ކޭސްއަށް ބެލުމަށްފަހު ކަމަށާއި ހޯރަ އިއްބެ ކުރި ކައިވެންޏަކީ ކޯޓުގައި ރަޖިސްޓްރީކޮށްފައި އޮތް ކައިވެންޏެއް ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.

އެ ކައިވެންޏަކީ ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކައިވެންޏެއް ކަމަށް ސިރާޖު ވިދާޅުވީ "ދެން" އޮންލައިންގައި ލިޔުނު ޚަބަރަކަށް މީސް މީޑިއާގައި ކޮށްފައިވާ ކޮމެންޓުތަކަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

އެ ޚަބަރަށް މީސް މީޑިއާގައި ކޮމެންޓް ކުރި މީހުން ބުނަނީ ރ. މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދަށް ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ދައުވާކޮށްފައިވާއިރު، އެކުއްޖާއާ އޭނާ ވަނީ ކައިވެނިކޮށްގެން ކަމަށެވެ. އަދި އެ އަންހެން ކުއްޖާ ބަނޑުބޮޑުވީ ކައިވެނިކޮށްގެން އުޅުނުފަހުން ކަމަށް ވެސް ކޮމެންޓް ކުރި މީހުން ބުނެފައިވެއެވެ.

ނަމަވެސް ހައްމާދު ކައިވެނިކޮށްފައި ވަނީ ކޯޓުން ބޭރުގައި ކަމަށާއި އެ ކައިވެންޏަކީ ސައްހަ ކައިވެންޏަކަށް ނުވާނެ ކަމަށް ބައެއް ގާނޫނީ ވަކީލުން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!