ކަރަންޓީނުގެ އުސޫލާއި ޚިލާފުވެ ރަށުތެރޭގައި އުޅުނު މީހަކު ހައްޔަރު ކޮށްފި
މާލެއިން ރ. ހުޅުދުއްފާރަށް ގޮސް ކަރަންޓީނުގައި ހުންނަން ޖެހޭ މީހަކު، ރަށުތެރެއަށް ނިކުމެ އުޅުމުގެ ސަބަބުން ހައްޔަރުކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި ކަރަންޓީނުގެ އުސޫލާއި ޚިލާފުވެގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ ފިރިހެނެކެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ހުޅުދުއްފާރަށް އެނބުރި ދިޔައީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހުގައެވެ. އޭނާގެ ކަރަންޓީނު މުއްދަތު މިއަދަށް ހަމަވިނަމަވެސް މިދިޔަ ދުވަސްތަކުގައި އެކި ފަހަރު މަތިން ރަށުތެރެއަށް ނިކުމެ އުޅުމުގެ ސަބަބުން އެރަށު ކައުންސިލުންނާއި ފުލުހުން ވެސް ވަނީ އޭނާއަށް ނަސޭޙަތްތެރިވެފައެވެ. ނަމަވެސް އެނަސޭޙަތަށް އޭނާ އިޖާބައެއް ނުދޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެހެންކަމުން ކޯޓުން ވަނީ އޭނާ 10 ދުވަސް ވަންދެން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.
އެރަށުގެ ހޯމް ކަރަންޓީނުގައި ހުރި އެހެން މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. ނަމަވެސް އޭނާ އިތުރު އެއްވެސް މީހަކާއި ކޮންޓެކްޓް ނުވާ ކަމަށާއި ހުރީ އުސޫލުތަކާއި އެއްގޮތަށް ކަމަށް ރަށު ކައުންސިލުން ވަނީ ބުނެފައެވެ.