އަންހެން ކުދިންނަކީ ވިޔަފާރި އިޝްތިހާރު ކުރަން ގެންގުޅޭ ޓޫލް އަކަށް ހަދައިގެން ނުވާނެ: ޑރ. އިޔާޒް
އަންހެން ކުދިންނަކީ ވިޔަފާރި އިޝްތިހާރު ކުރަން ގެންގުޅޭ ޓޫލް އަކަށް ހަދައިގެން ނުވާނެކަމުގައި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓީވީ އިން މޮހޮރެއް އިޝްތިހާރު ކުރިޔަސް އަންހެން ކުއްޖެއް ލައްވާ އިޝްތިހާރު އަންހެންކުއްޖެއް ލައްވާ އެ ކުޅުވާ ކަމަށާއި އަންހެން ކުދިން ލައްވާ އެކުއްޖާގެ އިއްފަތާއި އަބުރު ގެއްލޭ ފަދަ އިޝްތިހާރުތައް ކުޅުވައިގެން ނުވާނެ ކަމަށެވެ.
އަދި މިއީ އަންހެނުންނަށް އިސްލާމްދީން ދީފައިވާ ހިމާޔަތްކަން ޑރ. އިޔާޒް ފާހަގަކުރެއްވިއެވެ.
Anhen kudhinnaky viyafaari ishthihaaru kuran gengulhey tool akah hadhaigen nuvaane. TV in mohoreh ishthihaaru kuran jehunas anhen kujjaku lavvaa ekujja ge iffathaai aburu gelley fadha isthihaaru thah kulhuvaa hadhaigen nuvaane. miee ekudhinnah islam dheen dheefai vaa himaayaiy.
— Dr Mohamed Iyaz (@dr_iyaz) July 14, 2020
އިޔާޒް މިހެން ވިދާޅުވެފައިވާއިރު، މަޖިލިސް ގެ ނައިބު ރައީސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވަނީ އިސްލާމްދީނުގެ ނަމުގައި އަންހެނުންނަށް ފުރައްސާރަ ކުރުމަށް އިޔާޒް ފަދަ ބޭފުޅުން ހިތްވަރުދެއްވާ ކަމަށް ބުނެ ބަހުގެ ގިނަ ހަމަލާތަކެއް އަމާޒުކޮށްފައެވެ.
އީވާ މިފަދައިން ވިދާޅުވެފައިވަނީ ކޮވިޑްއިން ރައްކާތެރިވާން މަސައްކަތް ކުރާ ފަދައިން ޖިންސީ ފުރައްސާ ތަކުން ރައްކާތެރިވާން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށާއި އެގޮތުން ދީނުގައި އަންގަވާފައިވާ ގޮތަށް ހެދުން އަޅާ މަހުރަމަކާ އެކު ނޫނީ ދަތުރު ނުކުރުމަށް އެދި ޑރ. އިޔާޒް ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ،