މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 39 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 39 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 39 މީހުންގެ ތެރޭގައި ހިމެނެނީ 27 ދިވެހިންނާއި، ބަންގްލަދޭޝްގެ ހަތް މީހަކާއި އިންޑިއާ ފަސް މީހެއް ކަމަށެވެ.
މި 39 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2801 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 470 މީހަކަށެވެ.
މިއަދު އިތުރު 12 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2302 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 14 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހީންނާއި، ހަ ބިދޭސީންނެވެ.
Ads by Allied Insurance