ދުނިޔެ

ހިތާމަވެރި ޚަބަރެއް! ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ވެސް ކޮވިޑް ޖެހިދާނެކަމަށް ސައިންސްވެރިން ބުނެފި!

ދެން އެމްވީ ، ދެން އޮންލައިން

މީގެކުރިން ސިއްޙީ މާހިރުން ބުނަމުން އައީ މާބަނޑު އަންހެނަކަށް ކޮވިޑް-19 ޖެހުން ކަމުގައިވިޔަސް، އޭނާގެ ބަނޑުގައި އޮންނަ ތުއްތު ދަރިފުޅަށް ބަލީގެ އަސަރު ނުކުރާނެ ކަމަށެވެ.

Ads by Sosun Fihaara

ނަމަވެސް ޓެކްސަސްގެ މިތުއްތު އަންހެން ކުއްޖާ އުފަންވީއިރު ވެސް ހުރީ ކޮވިޑަށް ފައްސިވެފައެވެ. އެކުއްޖާ ދުނިޔެއަށް އައުމުގެ ކުރިން ކުއްޖާގެ މަންމަ މިބައްޔަށް ފައްސިވެފައިވާ ކަމަށާއި ދިޔައީ ފަރުވާ ކުރަމުން ކަމަށް ރިޕޯޓުތަކުން ބުނެފައިވެއެވެ.

މިދިޔަ ހަފްތާގައި އުފަންވި އެކުއްޖާ، އުފަންވީއިރު ވެސް ނޭވާލާން ދަތިވެ، ހުރީ ހުން ވެސް އައިސްފައެވެ. އެހެންކަމުން ވަގުތުން އެކުއްޖާ އައިސީޔޫ އަށް ގެންދިޔައެވެ. އަދި ކޮވިޑަށް ވެސް ޓެސްޓު ކުރިއެވެ.

އޭގެ 24 ގަޑިއިރު ފަހުން ނަތީޖާ ލިބުނުއިރު އޭގެން ދެއްކީ ތުއްތުކުއްޖާ އެބައްޔަށް ފައްސި ކަމަށެވެ.

އެކަމާއި ސިއްޙީ މާހިރުން ވެސް ހައިރާންވެގެން، އެކުއްޖާގެ މަސް (ޕްލެސެންޓާ) ގެ ވެސް ތަހުލީލުތަކެއް ހެދިއެވެ. ނަތީޖާއިން ދެއްކީ މަހުގައި ކޮރޯނާ ވައިރަސް ހުރި ކަމަށެވެ.

މިކަމުން ހާމަވީ ތުއްތުކުއްޖާއަށް ކޮރޯނާ ވައިރަސް ޖެހިފައިވަނީ މައިމީހާގެ ބަނޑުތެރޭގައި އޮއްވާކަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!