ވިޔަފާރި

ކުކުޅު ފިހާރައިގެ ޢީދު ޕްރޮމޯޝަން ވަރަށް ތަފާތު: މި ފަހަރު ހިލޭ ކުކުޅު ކޭސް!

ދެން އެމްވީ ، ދެން އޮންލައިން

ފިނިކުރި ކުކުޅާއި، ކުކުޅުގެ ބައިތަކާއި، ފިނިކުރި އިތުރު އައިޓަމްސް ފުޅާ ދާއިރާއެއްގައި ވިއްކަމުން އަންނަ "ކުކުޅު ފިހާރަ" އިން ބޮޑުއީދާ ދިމާކޮށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

Ads by STELCO

ކުކުޅު ފިހާރައިގެ ޑިރެކްޓަރ ސޭލްސް އެންޑް މާރކެޓިން، ނަޝާތު ވިދާޅުވީ، އީދާ ދިމާކޮށް ހުޅުވާލާފައިވާ މި ޕްރޮމޯޝަނަކީ ވަރަށް ތަފާތު ޕްރޮމޯޝަނެއް ކަމަށެވެ.

މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮމޯޝަންގައި ބައްލަވައިގަންނަވާ ކޮންމެ 10 ކޭސް ކޮށި ކުކުޅަށް 1 ކޭސް ކޮށި ކުކުޅު ހިލޭ ލިބޭނެ އެވެ. އަދި މި ޕްރޮމޯޝަންގައި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.


"ކުކުޅު ރީޓެއިލްކޮށް ވިއްކާ ފިހާރަތަކަށް އެންމެ ރަގަޅު ޗޮއިސް އަކީ މިއަދު ކުކުޅު ފިހާރަ. އަޅުގަނޑުމެންގެ އަގުތަކުގައި ފިހާރައަށް ނުވަތަ ބޯޓާ ހަމައަށް ހިލޭ ގެންގޮސްދޭނެ އިތުރު ފަރާތެއް މިވަގުތު ނެތް. ފިނިކުރި ހުރިހާ ބާވަތެއްގެ ސާމާނު އަޅުނގަޑުމެން އަތުން ލިބެން ހުންނާނެ، މި ޕްރޮމޯޝަންގައި 10 ކޭސް ކޮށި ކުކުޅު ގަތީމަ މިދެނީ 1 ކޭސް ކޮށި ކުކުޅު ހިލޭ.. އަދި ބައްލަވައިގަންނަ ކޮންމެ 10 ކޭސް ނުކޮށާ ކުކުޅު ކޭހަކުން 10 ރުފިޔާގެ ޑިސްކައުންޓް ވެސް ލިބޭނެ.." ނަޝާތު ވިދާޅުވި އެވެ.

|| SHARE AND WIN ||

WEEK 9

|| LIKE SHARE TAG AND WIN!!!

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!