ސޮނެވާ އިން ކޮވިޑަށް ފައްސިވި މީހާގެ ދެވަަނަ ސާމްޕަލް ނައްސި ވެއްޖެ
ސޮނޭވާފުށިން ކޮވިޑް-19އަށް ފައްސިވި މީހާގެ ދެވަަނަ ސާމްޕަލް ނައްސި ވެއްޖެއެވެ.
ސޮނޭވާގެ ސީއީއޯ ސޯނޫ މިއަދު ވިދާޅުވީ އެ ރިސޯޓުގައި ތިބި ހުރިހާ މުވައްޒަފުން ޓެސްޓު ކުރުމުގެ މަރުހަލާގެ ތެރެއިން މުވައްޒަފަކު ފައްސިވި ކަމަށާއި އެޗްޕީއޭގެ އެންގުމުގެ މަތިން ދެވަނަ ޓެސްޓުގެ ނަތީޖާ ލިބެންދެން އެ މުވައްޒަފު އައިސޮލޭޓްކޮށްފައިވާ ކަމަށެވެ.
އެގޮތުން އެ މުވައްޒަފުގެ ދެވަނަ ޓެސްޓުގެ ނަތީޖާ ކޮވިޑަށް ނައްސި ވެފައިވާ ކަމަށާއި އެހެންކަމުން ފުރަތަމަ ޓެސްޓުގެ ނަތީޖާ އަކީ ފޯލްސް ފައްސި ނަތީޖާއެއް ކަމަށް ލެބުން އަންގާފައިވާ ކަމަށްވެސް ސޯނޫ ވިދާޅުވިއެވެ.
އެ ރިސޯޓުގައި ފަތުރުވެރިންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް އެކަށީގެންވާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ސަރުކާރުން ކުރަމުންދާ މަސައްކަތައް ހިތްވަރުދޭ ކަމަށްވެސް ސޯނޫ ވިދާޅުވިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ބޯޑަރު މިއަދު ވަނީ އަލުން ހުޅުވާފައެވެ.