ދުނިޔެ

ކޮވިޑް-19: އެންމެ ގިނަ މީހުން މަރުވި ބެލްޖިއަމުން މާރޗް މަހުގެ ފަހުން މިބަލީގައި މީހަކު މަރުނުވާ ފުރަތަމަ ދުވަސް!

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެންމެ ހަލުވި މިނެއްގައި ފެތުރެން ފެށި މަހަކީ މާރިޗު މަހެވެ. އެ މަހުގައި ގިނަ ގައުމުތަކެއްގައި ކޮރޯނާ ވައިރަސް އިންތިހާއަށް ފެތުރެމުންދާތީ ފުރަބަންދުގެ ހާލަތަށް ވެސް ގިނަ ގައުމުތަކެއް ވަނީ ގެންގޮސްފައެވެ.

Ads by Sosun Fihaara

ބެލްޖިއަމް އަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް އެންމެ ގިނަ މަރު ކޮރޯނާ ވައިރަހުގެ ސަބަބުން ތަހައްމަލު ކުރަން ޖެހިފައިވާ އެއް ގައުމެވެ. މާރިޗު މަހުގެ 10 ވަނަ ދުވަހުގެ ފަހުން މީހަކު މަރުނުވާ އެންމެ ދުވަހެއްވެސް ބެލްޖިއަމްގައި ނުދާ ކަމަށް މީޑިއާ ތަކުން ރިޕޯޓް ކުރެއެވެ. ނަމަވެސް ފާއިތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި ﷲގެ އިރާދަފުޅާއެކު ބެލްޖިއަމް އިން ކޮރޯނާ ވައިރަސް ޖެހިގެން އެއްވެސް މީހަކު މަރުވެފައި ނުވާ ކަމަށް ރިޕޯޓް ތައް ބުނެއެވެ.

ޔޫރަޕުގެ ގިނަ ގައުމުތަކަށް ކޮރޯނާ ވައިރަހުގެ ސަބަބުން ގ މަރުތަކެއް ތަހައްމަލު ކުރަން ޖެހުނު އިރު ގިނަ ގައުމުތަކެއްގައި ވަނީ ފުރަބަންދުގެ ހާލަތު އިއުލާން ކޮށްފައެވެ. އެގޮތުން ބެލްޖިއަމްގައި ވެސް ފުރަބަންދުގެ ހާލަތު އިއުލާން ކުރިއެވެ. ނަމަވެސް މިހާރު ވަނީ ފުރަބަންދު އުވާލާފައެވެ.

ކޮރޯނާ ވައިރަހުގައި ބެލްޖިއަމްގައި ޖުމުލަ 9،787 މީހުން މިހާތަނަށް މަރުވެފައި ވާކަމަށް އެ ބެލްޖިއަމްގެ ނެޝަނަލް ހެލްތު އިންސްޓިޓިއުޓް އިން މައުލޫމާތު ދެއެވެ. އަދި އެ ގައުމުން 62،781 މީހުން ކޮރޯނާ ވައިރަހަށް ފައްސި ވެފައި ވާ ކަމަށް ވެސް މައުލޫމާތު ދެއެވެ.

އެ ގައުމުގައިވެސް ފުރަބަންދަށް ލުއި ތަކެއް ދެވިފައިވާއިރު މި އަންނަ ހަފްތާގައި ސަރުކާރުގެ މުއައްސަސާތަކުން އިތުރު ލުއިތަކެއް ދިނުމާމެދު މަޝްވަރާ ކުރާނެ ކަމަށް ބޭރުގެ ރިޕޯޓް ތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!