ދުނިޔެ

30 ސިކުންތުން 10 ލައްކަ ރުޕީސް ވަގަށް ނެގީ ހުޝިޔާރު 10 އަހަރުގެ ވަގެއް

ދެން އެމްވީ ، ދެން އޮންލައިން

ބޮޑެތި ވައްކަން ކުރުންތަކާއި ހުޝިޔާރު ފޭރުންތަކަކީ ބޮޑު ރޭވުންތަކަކާއެކު ގިނަ ބަޔަކު ބައިވެރިވެގެން ކުރާ ކަންކަމުގައި ގިނަ ބަޔަކު ބުނެއެވެ. ނަމަވެސް މިއީ ތަފާތު ވާޙަކައެކެވެ.

Ads by Sosun Fihaara

މަދްޔާ ޕްރަދޭޝްގެ އަވަށެއްގައި ހިނގި މި ވައްކަމުގައި ބައިވެރިވެފައިވަނީ އުމުރުން 10 އަހަރުގެ ކުއްޖެކެވެ.. ރިޕޯޓުތައް ބުނާ ގޮތުގައި އެކުއްޖާ އެ ބޭންކަށް ވަނުމަށްފަހު ނިކުމެގެންދިޔައީ 10 ލައްކަ ރުޕީސް ހިފައިގެންނެވެ. މިކަން ހިނގާފައިވަނީ އަންގާރަ ދުވަހު ބޭންކް އެންމެ ތޮށްޖެހުނު ގަޑީގައެވެ.

ސީސީޓީވީ ފޫޓޭޖުތަކުން ދައްކާގޮތުގައި ބޭންކު ކައުންޓަރުގެ އިސްކޮޅު ހުރި ކުއްޖަކު އައިސް ކައުންޓަރުގެ ތެރެއިން ލާރި ނަގައިގެން ދެއެެވެ. އެވަގުތު ކަސްޓަމަރުން ތިބީ އަނެއް ފަޅީގައެވެ. އަވަސް އަވަހަށް ދަވަހަށް ފައިސާތައް އަޅާލުމަށް ފަހު އެތަނުން ނިކުމެެގެން ދާ މަންޒަރުވެސް ސީސީޓީވީ އިން ފެނެއެވެ.

އެތާގައި އެވަގުތު ތިބި މީހުންގެ ސަމާލުކަމަށް އެކުއްޖާ އައިސްފައިވަނީ ނިކުންނަން ދޮރާއި ހަަމައަށް ދިޔަ ފަހުންނެވެ. އަދި އެވަގުތު އެމީހާ ވަނީ އެލާމް ވެސް އަޅާފައެވެ.

ނަމަވެސް އެލާމް އަޅާ އެކަން އެންމެންގެ ސަމާލުކަމަށް އައިރު އެ ކުއްޖާ ފިލައިފިކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނެފައިވާ ގޮތުގައި އެކުއްޖާ އާއެކު އިތުރު ބޮޑު މީހަކު ބައިވެރިވި ކަމަށް ބެލެވޭ ކަމަށާއި އެކުއްޖާ ނިކުންނަން ވާއިރަށް އެމީހަކު ބޭރުގައި ހުރިކަމަށެވެ.

ފުލުހުން އިތުރަށް ބުނީ އެކުއްޖާ 500 ނޫޓުގެ ދެ ބަންޑަލް ވަގަށް ނެގި ކަމަށާއި އެކުއްޖާގެ އުމުރުން ވާނީ 10 ނުވަތަ 12 އަހަރު ކަމަށެވެ. މާސްކު އަޅައިގެން ހުރުމުން ކުއްޖާގެ މޫނު ނުފެނުނު ނަމަވެސް މި މައްސަލަ އަންނަނީ ތަހުގީގުކުރަމުން ކަމުގައި ފުލުހުން ބުނެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!