ކުޅިވަރު

ލިވަޕޫލް ދޫކޮށްލަން ކްލޮޕް ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ލިވަޕޫލަށް މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު ޔާގެން ކްލޮޕް އެޓީމް ދޫކޮށްލަން ނިންމައިފިއެވެ.

Ads by Hajj Corporation

2015ގެ އޮކްޓޯބަރުގައި އެކުލަބާއި ހަވާލްވި ކޯޗު ލިވަޕޫލާއިއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވަނީ 2024ގައެވެ. ކްލޮޕްވަނީ އައު ކޮންޓްރެކްޓްގައި ސޮއިނުކުރާނެކަން ހާމަކޮށްފައެވެ. އެހެންކަމުން މި 2024ގެ ފަހުން އޭނާ ލިވަޕޫލުން ނުފެންނާނެއެވެ.

ޖަރުމަނަށް އުފަން ކޯޗު ބުނީ ލިވަޕޫލާއި ހަވާލްވެ އޭނާ ފެށި ޕްރޮޖެކްޓް ނިމެން އަދި ތިން އަހަރު އެބައޮތްކަމަށެވެ. އެހެންކަމުން 2024ގެ ޖޫންމަހު އޭނާ ލިވަޕޫލް ދޫކޮށްލުމުގެ ފުރުސަތު ބޮޑެވެ.

މި ސީޒަންގެ އިނގިރޭސި ޕްރިމިއަރ ލީގު ޔަގީންކޮށްފައިވާ ލިވަޕޫލުން ކްލޮޕް ބަހައްޓަން ބޭނުންވިޔަސް އޭނާގެ ވިސްނުން ހުރީ މިހާރުގެ ކޮންޓްރެކްޓް ހަމަވުމާއިއެކު ޖަރުމަންގެ ޤައުމީ ޓީމާއި ހަވާލްވާށެވެ.

ޖަރުމަންގެ މީޑިޔާ ރިޕޯޓްތައް ބުނާ ގޮތުން ކޯޗިންގ ކެރިއަރު ނިންމާލުމުގެ ކުރިން ޤައުމީ ޓީމަކަށް ކޯޗުކަންކޮށްދޭން ކްލޮޕް ބޭނުންވެއެވެ. 2018ގައި ޖަރުމަންގެ އެފްއޭއިންވަނީ ޤައުމީ ޓީމްގެ ކޯޗަކަށް ކްލޮޕް ގެނައުމަށް މަސައްކަތްކޮށްފައެވެ. ނަމަވެސް އެފަހަރު އޭނާ އެކަމަށް އެއްބަސްނުވީ ލިވަޕޫލާއިއެކު އޭނާ ބޭނުންވާ ކާމިޔާބީތައް ނުލިބޭތީއެވެ.

މީގެ ކުރިން ޑޯޓްމުންޑަށް ކޯޗުކަންކޮށްދިން ދުވަސްވަރު ކްލޮޕަށް މެކްސިކޯގެ ޤައުމީ ޓީމާއި ހަވާލްވުމުގެ ފުރުސަތުވެސް ލިބުނެވެ. މެކްސިކޯގެ ޤައުމީ ޓީމުން ލިބުނު ހުށަހެޅުން އޭނާ ގަބޫލުނުކުރީ ކުލަބު ލެވެލްގައި ބޭނުންވާ ކާމިޔާބީތައް އަދި ނުލިބޭކަމަށް ބުނެއެވެ.

ޔާގެން ކްލޮޕް ކޯޗިންގ ކެރިއަރު ފެށީ ޖަރުމަންގެ ކުލަބު މެއިންޒުންނެވެ. އޭގެ ފަހުން 2008ގައި ޑޯޓްމުންޑާއި ހަވާލްވެ އެކުލަބަށް ބޮޑެތި ބަދަލްތަކެއް ގެނެސް ޖަރުމަންގެ އެންމެ އުހަށް ގެނެސްދިނެވެ. އޭނާ ބޮރޫޝިޔާ ޑޯޓްމުންޑް ދޫކޮށްލީ 2015ގެ ޖޫންމަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!