މިއަދު އިތުރު 30 މީހަކު ކޮވިޑަށް ފައްސި ވެއްޖެ
މިދިޔަ 24 ގަޑިއިރުތެރޭ އިތުރު 30 މީހަކު ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ މިއަދު ފައްސިވި 30 މީހުންގެ ތެރޭގައި ހިމެނެނީ 29 ދިވެހިންނާއި، ބަންގްލަދޭޝްގެ މީހެއް ކަމަށެވެ.
މި 30 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ފައްސިވި މީހުންގެ އަދަދު މިހާރު ވަނީ 2831 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 482 މީހަކަށެވެ.
މިއަދު އިތުރު 19 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 2321 އަށް އަރާފައެވެ.
ރާއްޖެއިން ކޮވިޑް ޖެހިގެން މިހާތަނަށް ނިޔާވެފައި ވަނީ 14 މީހެކެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ދިވެހީންނާއި، ހަ ބިދޭސީންނެވެ.
Ads by HDC