ދުނިޔެ

އިންޑިއާ މީހުން ބޭނުންވަނީ އަމްބާނީ އަށް ވާން:މުޅި ދުނިޔޭއިން ހަވަނަ އަށް އެންމެ މުއްސަނދި މީހާ!

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއިން އެންމެ މުއްސަނދި މީހުންގެ ލިސްޓަށް ބަލާއިރު، އިންޑިއާގެ ވިޔަފާރިވެރިޔާ މުކޭޝް އަމްބާނީ ހަވަނަ ހޯދައިފިއެވެ. އޭނާ އަކީ މިހާރުވެސް އިންޑިއާގައި ހުރި އެންމެ މުއްސަނދި މީހާއެވެ.

Ads by Sosun Fihaara

އަމްބާނީގެ އެކައުންޓުތަކުގައި މިހާރު މުޅިއަކު 72.4 ބިލިއަން އެމެރިކާ ޑޮލަރު (5.44 ލައްކަ ރުޕީސް) ހުރިކަމަށް ރިޕޯޓުތަކުން ހާމަވެފައިވެއެވެ.

ރެލައިންސް އިންޑަސްޓްރީސް ލިމިޓެޑް ގެ ޗެއާމަން އަދި މެނޭޖިންގ ޑިރެކްޓަރ އަމްބާނީ، ދެން މާގިނަ ދުވަހެއް ނުވެ ދުނިޔޭގެ އެންމެ މުއްސަނދި ފަސް މީހުންގެ ތެރޭގައި ހިމެނިދާނެ ކަމަށް ވެސް ރިޕޯޓުތަކުން ހާމަވެފައިވެއެވެ.

އަމްބާނީ އަކީ އިންޑިއާގެ ގިނަ ބަޔަކު، ޚާއްސަކޮށް ވިޔަފާރިވެރިން، ވަރަށް ބޮޑަށް ލާމަސީލު ނަމޫނާއެއްގެ ގޮތުގައި ނަގާ މީހެކެވެ.

އެގޮތުން އިންޑިއާގެ ބިޒްނަސް ކޮލެޖެއްގެ ދަރިވަރުން ތަކެއްގާތު އެމީހުންގެ "އައިޑޮލް" އަކީ ކާކުތޯ ސާރވޭ އެއްގައި އެހުމުން، އޭގެތެރެއިން 85 އިންސައްތަ މީހުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ މުކޭޝް އަމްބާނީ ފަދައިން ވުމަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!