ދުނިޔެ

ގަބުރުންގެ ފޮޓޯ ނަގަނިކޮށް އިވުނީ އަޑެއް، ދެންވީ މިހެން!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގެ ކެރަލާ ގައި ހިނގި އާދަޔާ ޚިލާފު ކަމެއްގެ ސަބަބުން މީހެއްގެ ފުރާނަ ސަލާމަތްވެއްޖެއެވެ.

Ads by WAMCO

ފޮޓޯގްރާފަރ ޓޯނީ ތޯމަސް އަށް ކެރަލާ އަރްނަކުލަމް ޑިސްޓްރިކްޓް ގެ ފުލުހުން ގުޅީ ސިވާދަސަން ނަމަކަށްކިޔާ "މަރުވެފައިވާ" މީހެއްގެ ހަށިގަނޑުގެ ފޮޓޯ ނަގާށެވެ.

"ދަ ޓައިމްސް ނިއު މިނިޓް" ގައި ޝާއިއު ކޮށްފައިވާ ގޮތުގައި ސިވާ މަރުވީ ލޭ މައްޗަށް ގޮސްގެން ވެއްޓި އެނދުގައި ބޯޖެހިގެން ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ އޭނަގެ އާއިލާއިން ބުނެފައިވެއެވެ.

ސިވާގެ ހަަށިގަނޑުގެ ފޮޓޯ ނަގަން ޓޮނީ ތައްޔާރުވަމުން ދަނިކޮށް، މީހަކު އަނގައިން އެއްޗެއް ބުނަން އުޅޭ ކަހަލަ އަޑެއް ޓޯނީއަށް އިވުނެވެ.

ސިވާ މަރުނުވާކަން ޓޮނީ އަށް އެނގުނީ އެހިސާބުންނެވެ. ވަގުތުން އޭނާ ފުލުހުންގެ ސަމާލުކަމަށް އެކަން ގެނައެވެ.

އުމުރުން 48 އަހަރުގެ ޓޮނީ ވަނީ އެފަދަ ވަރަށް ގިނަ ޕްރޮޖެކްޓުގައި ފުލުހުންނާއެކު މަސައްކަތް ކޮށްފައެވެ. އެގޮތުން ކެރަލާ ފުލުހުންނާއެކު އޭނާ މަސައްކަތް ކުރާތާ މިހާރު 25 އަހަރު ވެފައިވާކަމަށް ހާމަވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!