ދުނިޔެ

އެމެރިކާގެ ސްކޫލެއްގައި އިތުރު ހަރަކާތެއްގައި ބައިވެރިވި 30 ކުދިންނަށް ކޮވިޑު ޖެހިއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ އަވަށެއް ކަމުގައިވާ އިލިނޯސިސް ގެ ހައި ސުކޫލުގައި އޮތް އިތުރު ހަރަކާތަކަށް ދިޔަ 30 ކުދިންނަށް ކޮވިޑް19 ޖެހިއްޖެއެވެ.

Ads by WAMCO

36 ކުދިން ބައިވެރިވި މި އެތްލެޓިކްސް ކޭމްޕް ގައި ބައިވެރިވުމުގެ ކުރިން ސްކްރީން ވެސް ކޮށްފައިވެއެވެ. ނަމަވެސް ރައްކާތެރިވުމުގެ ގޮތުން އެ ކޭމްޕުގައި އަޅާފައިވާ ހަމައެކަނި ފިޔަވަޅަކީ މާސްކު ބޭނުން ކުރުމެވެ. އިޖުތިމާއީ ގައިދުރުކަން އިސްކޮށްފައެއް ނުވެއެވެ.

ކޭމްޕުގައި ބައިވެރިވި ބައެއް ކުދިން ކޭމްޕު ފެށުމާއެކުހެން ކޮވިޑްގެ ބައެއް އަލާމާތްތައް ފެނި ގެއަށް ފޮނުވާލާފައިވެއެވެ.

ނަމަވެސް ކޭމްޕު ނިމުނު ފަހުން، މިދިޔަ ހޯމަ ދުވަހު ކޭމްޕުގައި ބައިވެރިވި ގިނަ ކުދިންތަކެއްގެ ގައިން ކޮވިޑުގެ އަލާމާތްފެނި ޓެސްޓުކުރުމާއެކު ވަނީ ކޮވިޑަށް ފައްސިވެފައެވެ. މިހާތަނަށް ފައްސިވި ކުދިންގެ އަދަދު ވަނީ 30 އަށް އަރާފައެވެ.

ގިނަ ކުދިންތަކެއް ފައްސިވުމާއެކު، އެ ސުކޫލުން ހިންގަމުން އައި މި އެތްލެޓިކްސް ކޭމްޕުތައް ވަނީ މެދު ކަނޑާލާފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!