މުނިފޫހިފިލުވުން

ސަންޖޭ ލީލާ ބަންސާލީ ގެ "ބާޖީރާއޯ މަސްތާނީ" ވެސް ފުރަތަމަ ލިބުނީ ސުޝާންތުއަށް؟

ދެން އެމްވީ ، ދެން އޮންލައިން

ބާޖީރާއޯ މަސްތާނީ އަކީ ސަންޖޭ ލީލާ ބަންސާލީ ގެ އެހެން ފިލްމުތަކެކޭ އެއްފަދައިން ބެލުންތެރިންގެ މެދުގައި ވަރަށް މަޝްހޫރުވެގެން ދިޔަ ފިލްމެކެވެ. ސުޝާންތުގެ މަރުގެ ތަހުގީގު ފުލުހުން ކުރަމުން އަންނަ އިރު މިވަނީ އަނެއްކާވެސް އާ ވާހަކައެެއް ފެންމަތިވެފައެވެ.

Ads by MWSC

އެއީ ޑައިރެކްޓަރު ސަންޖޭ ލީލާ ބާންސާލީ އޭނާގެ ކާމިޔާބު ފިލްމު ބާޖީރާއޯ މަސްތާނީ އެންމެ ފުަރަތަމަ ސުޝާންތު އަށް ހުށަހެޅި ވާޙަކައެވެ. ނަމަވެސް ވަގުތު ހުރި ގޮތުން ސުޝާންތަށް ފިލްމުގައި ބައިވެރި ވެވޭ ގޮތް ނުވީ ކަމުގައި ވެސް ތަހުގީގަށް ބަންސާލީ ވަނީ ބުނެފައެވެ.

އެ ފިލްމު ސުޝާންތު ގަބޫލުނުކުރުމުން ސުޝާންތުގެ އޭރުގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ ލައްވާ އެ ފިލްމުގެ އައިޓަމް ސޯންގް އެއް ކުޅުވަން ވެސް ބާންސާލީ ހުށަހެޅި އެވެ. ނަމަވެސް އަންކިތާ އެއްބަސް ނުވީކަމުގައި ރިޕޯޓުތައް ބުނެއެވެ.

ބާޖިރާއޯ މަސްތާނީ ގެ އިތުރުން ވެސް ބަންސާލީ އޭނާގެ އިތުރު ތިން ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ސުޝާންތު އަށް ދީފައިވާނެ ކަމަށް އޭނާ ބުނެފައިވެއެވެ.

ސުޝާންތު މަރުވީ، ކުޅޭނެ ފިލްމެއް ނުލިބި އެކަމުގެ ހިތާމައިގައި ކަމަށް ގިނަ ބަޔަކު ތުހުމަތުކޮށް ޑައިރެކްޓަރުން ކުށްވެރިކުރަމުން އަންނައިރު ގިނަ ޑައިރެކްޓަރުން އަންނަނީ ސުޝާންތުއަށް ފިލްމު ހުށަހެޅިކަމަށާއި ގަބޫލުނުކުރީ ކަމަށް ބުނަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!