ދުނިޔެ

ސަމާލުވޭ! މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ އެކައުުންޓު ހެކް ވެއްޖެ: މުފްތީ މެންކް

ދެން އެމްވީ ، ދެން އޮންލައިން

މަޝްހޫރު އެތައް ބައެއްގެ ޓްވިޓާ އެކައުންޓުތައް ހެކްވެއްޖެ ކަމަށް ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މުފެތީ މެންކް ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓުން ވެސް އެއްވެސް އާދަޔާ ޚިލާފު މެސެޖެއް އެއްވެސް މީހަކު ކޮށްފައިވާނަމަ، ނުވަތަ ފައިސާއަށް/ބިޓްކޮއިނަށް އެދިފައިވާނަމަ ވެސް އެކަން އެކަކު ވެސް ޤަބޫލު ނުކުރުމަށެވެ. އަދި އެފަދަ މެސެޖްތަކަށް އިޖާބަ ނުދިނުމަށް ވެސް މުފްތީ ވިދާޅުވެފައިވެއެވެ.

ޓްވިޓާގެ ވެރިފައިޑް ގިނަ އެކައުންޓުތަކެއް ވަނީ ހެކްވެފައެވެ. އޭގެ ތެރޭގައި މުއްސަނދި ވިޔަފާރަވެރިން ކަމުގައިވާ ބިލް ގޭޓްސް އާއި އެލަން މަސްކް ވެސް ހިމެނެއެވެ.

މީގެއިތުރުން މަޝްހޫރު ކުންފުނިތައް ކަމަށްވާ އެޕަލް ކުންފުންޏާއި އެހެނިހެން ކުންފުނިތައް ވެސް ހިމެނެއެވެ. އެއެކައުންޓުތަކުން ބުނެފައިވަނީ ފައިސާގެ ވަކި އަދަދެއް ނުވަތަ ބިޓްކޮއިން ފޮނުވުމުން، އޭގެ ދެގުނަ އަނބުރާ ފޮނުވާނެ ކަމަށެވެ.


މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!