އަދީބުގެ މައްސަލަ ބެލި ޤާޒީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައި: ހައިލަމް
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބުގެ މައްސަލަ ބެލި ޤާޒީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައި ކަމަށް ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގަޒީ އަހުމަދު ހައިލަމް ވިދާޅު ވެއްޖެއެވެ.
ހައިލަމް މިހެން ވިދާޅުވީ އަދީބުގެ މައްސަލަ ބެލި ކްރިމިނަލް ކޯޓްގެ ގާޒީ އިސްމާއީލް ރަޝީދުގެ މައްސަލަ ބަލަން ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމެވުމާ ގުޅިގެންނެވެ.
އެގޮތުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރު ޤާނޫނު ތަޠްބީޤު ކުރެއްވީ ފާޅުކަންބޮޑު ގޮތެއްގައި ގޯސްކޮށް ކަމަށް އިސްތިއުނާފީ މަރުޙަލާއިން ކަނޑައެޅުއްވުމުގެ ކުރިން، ޖޭއެސްސީން އެފަނޑިޔާރުގެ މައްސަލަ ބެލުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ.
ފަނޑިޔާރު ޤާނޫނު ތަޠްބީޤު ކުރެއްވީ ފާޅުކަންބޮޑު ގޮތެއްގައި ގޯސްކޮށް ކަމަށް އިސްތިއުނާފީ މަރުޙަލާއިން ކަނޑައެޅުއްވުމުގެ ކުރިން، ޖޭއެސްސީން އެފަނޑިޔާރުގެ މައްސަލަ ބެލުމަކީ އިސްތިއުނާފީ މައްސަލައަށް ނުފޫޒު ފޯރުވުން.
ޤާޟީ ކުށްވެރިވާކަމަށް މާކުރިން މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައި. https://t.co/R8bWx87h3B— Ahmed Hailam (@AhmedHailam) July 15, 2020
ޖޭއެސްސީން ރޭ ބުނީ މިއަދު ބޭއްވި އެ ކޮމިޝަންގެ 50 ވަނަ ބައްދަލްވުމުގައި ގާޒީ އިސްމާއީލް ރަޝީދުގެ ސުލޫކީ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުން އަމަލުކުރަން ޖެހޭ ސުލޫކީ މިންގަޑާއި ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނެ އެ ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލައެއް ކަމަށްވެސް ވަނީ ބުނެފައެވެ.