ދުނިޔެ

އިންޑިއާ ގައި ފޭސްބުކްއާއި ޕަބްޖީ އާއެކު 89 އެޕްލިކޭޝަނެއް ބޭނުން ކުރުން މަނާކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ދާދި ފަހުން އިންޑިއާގައި މިވަނީ ޓިކްޓޮކް މަނާ ކޮށްފައެވެ. އޭގެ އިތުރުން މިހާރު އެޤައުމުގެ ސިފައިން މިވަނީ 89 އެޕްލިކޭޝަނެއް ބޭނުން ކުރުން މަނާކޮށްފައެވެ.

Ads by WAMCO

އޭގެތެރޭގައި އާއްމުކޮށް އެންމެންވެސް ބޭނުންކުރާ އެޕްލިކޭަޝަން ފޭސްބުކް އާއި ސްނެޕްޗެޓްގެ އިތުރުން ގިނަ ބަޔަކު ވަރަށް ފޯރިއަައެކީ ކުޅޭ ޕަބްޖީ ވެސް ހިމެނެއެވެ.

އިންޑިއާގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ޗެޓު ކުރުމަށް ބޭނުން ކުރާ 14 އެޕްލިކޭޝަނެއް އިންޑިއާ ސިފައިން ވަނީ މަނާ ކޮށްފައެވެ.

އޭގެ ތެރޭގައި ވައިބާ، ވީޗެޓް، ހައިކް، އަދި ކިކް ގެ އިތުރުން ކިކޫ، ވޫ، ނިމްބަޒް، ހެލޯ، ޝެއާޗެޓް، އަދި ސްނޯ ވެސް ހިމެނެއެވެ. އޭގެއިތުރުން އިންސްޓަގްރާމް އާއި ޔޫސީ ބްރައުސަަރ އަދި ކެމްސްކޭނަރ ވެސް ވަނީ މަނާ ކޮށްފައެވެ.

މީގެއިތުރުން ހަޔާތުގެ ބައިވެރިން ހޯދުމަށް ބޭނުންކުރާ ޓިންޑާ، ޓްރޫލީ މޭޑްލީ، ބަޑޫ އަދި އަޒާރް ވެސް ވަނީ އިންޑިއާގައި މިހާރު މަނާ ކޮށްފައެވެ.

މިއެޕްލިކޭޝަންތައް ބޭނުން މަނާ ކޮށްފައިވަނީ މިއީ ޗައިނާގެ އުފެއްދުންތަކެއް ކަމަށް ބުނެ، އިންޑިއާ އާއި ޗައިނާ އާއި ދެމެދު އުފެދުނު ހަމަނުޖެހުމެއްގެ ސަބަބުން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!