ޚަބަރު

އަލީ ވަހީދުގެ މައްސަލައިގައި 15 ފަރާތެއްގެ ބަޔާން ނަގައިފި

ދެން އެމްވީ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެމިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލައިގައި، 15 ފަރާތެއްގެ ބަޔާން ނަގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ވިދާޅުވީ މައްސަލައިގައި މިހާތަނަށް 15 ފަރާތެއްގެ ބަޔާން ނަގާފައިވާ ކަމަށާއި، މިއީ މައްސަލައިގެ ތަހުގީގުގެ ތަންކޮޅެއް ކުރީކޮޅު ކަމުން އިތުރު މައުލޫމާތެއް އަދި ހާމަކުރެވެން ނެތް ކަމަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފަހައްޓާފައިވަނީ ތަހުގީގަށް ހާޒިރުކުރަން ޖެހިއްޖެނަމަ އެކަން ކުރުމަށްޓަކައި ކަމަށާއި ނަމަވެސް އޭނާގެ ބަޔާނެއް އަދި ނަގާފައިނުވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައިގެ ތަހުގީގަށް އަލީ ވަހީދުގެ ގެ ބަލައިފާސްކޮށް، ފޯނާއި ލެޕްޓޮޕް ގެންގޮސްފައިވާއިރު، ހެކީގެ ގޮތުގައި އެތަކެތިން އެއްވެސް އެއްޗެއް ފެނުންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ފުލުހުން ވިދާޅުވީ އެފަދަ މައުލޫމާތެއް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!