ދުނިޔެ

ޕާކިސްތާނުގެ ވަޑިއަކުން ސައުދީގެ މޮޑެލް އަކަށް!

ދެން އެމްވީ ، ދެން އޮންލައިން

ޕާކިސްތާނަށް އުފަން އުމުރުން 24 އަހަރުގެ މުޙައްމަދު ވަޤާސް ގެ ދިރިއުޅުން ބަދަލު ކޮށްލީ ޓްވިޓާ ޕޯސްޓެކެވެ.

Ads by WAMCO

ޕާކިސްތާނުގައި ވަޑިއެއްގަ މަސައްކަތް ކުރި ވަޤާސް ސައުދީ އަރަބިއާ އަށް ދިޔައީ މީގެ ހަތަރު އަހަރު ކުރިން، މޮޑެލް އަކަށްވުމުގެ ފޮނި އުންމީދުގައެވެ. ނަމަވެސް އެއިރު އޭނާއަށް އެކަމުގައި މާބޮޑު ކާމިޔާބީއެއް ނުލިބުނެވެ.

އޭނައަށް އެކަމުގައި އުންމީދުގެ ހުޅުކޮޅެއް ރޯވީ އެކުވެރިއަކު ޓްވިޓާގައި ޖަހާދިން ޕޯސްޓަކުންނެވެ.

"އެއްދުވަހު އަހަރެންގެ އެކުވެރި ފައިސަލް، ފޮޓޯތަކެއް އެޑިޓް ކުރަނިކޮށް ދުށިން. އަހަރެން އޭނަ ގާތު ބުނިން މޮޑެލް ކުރުމަށް ޝައުޤުވެރިކަން ހުންނަ ވާހަކަ. އެކަމަކު ޕާކިސްތާނުން އެފުރުސަތު ނުލިބިގެން ސައުދީ އަށް އައި ވާހަކަ. ފައިސަލް އަހަރެންގެ ފޮޓޯއެއް ނަގާފަ ކަމާއި ގުޅުންހުރި މީހަކަށް ފޮނުވި. އަދި ސޯޝަލް މީޑިއާގައި ވެސް ޕޯސްޓުކުރި" ވަޤާސް ލޯކަލް މީޑިއާއަށް މައުލޫމާތު ދީފައިވެއެވެ.

އެޕޯސްޓު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފައެވެ. ޕޯސްޓުގައި ލިޔެފައިވަނީ ވަޤާސްލައްވާ މޮޑެލް ކުރުވަން ބޭނުންވާ މީހުން އެއެކުވެރިޔާއަށް އަންގާލުމަށެވެ.

އެޕޯސްޓުގެ ސަބަބުން ވަޤާސް އަށް ވަނީ މޮޑެލް ކުރަން ވަރަށް ގިނަ ފުރުސަތު ލިބިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!