މުނިފޫހިފިލުވުން

މިއީ ޖެނިފާ އެނިސްޓަން އެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

ފިލްމީ ތަރިންނާއި ވައްތަރު މީހުނަކީވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާ ބައެކެވެ. މިފަދަ ބައެއް "ޑޮޕްލްގޭންގާސް" ނުވަތަ އެއްގޮތް މީހުން ތަރިންނާއި ވައްތަރު ކަމަށް ބުނާ މީހުން އަސްލު ތަރިންނާއި ވައްތަރު ނޫން ކަމަށް ބައެއް މީހުން ދެކޭއިރު. ގިނަ ބަޔަކަށް ވަކި ކުރަން ދަތިވާހާ ވެސް ވައްތަރުވެއެވެ.

Ads by Hajj Corporation

މަތީގައި އެ ފެންނަ ފޮޓޯ އިން އެ ފެންނަނީ ޓީވީ ސީރީޒް "ފްރެންޑްސް" އިން މަޝްހޫރުވެގެން ދިޔަ ޖެނިފާ އެނިސްޓަން ކަމަށް ގިނަ ބަޔަކު ހީކޮށްފާނެއެވެ. ނަމަވެސް އެއީ ޖެނިފާ އެއް ނޫނެވެ. އެއީ ޖެނިފާ އާ ވަރަށް އެއްގޮތް މީހެއްކަމަށްވާ ކެއިޓްލިން އެވެ.

ކެއިޓްލިން ޖެނިފާ އާ ވައްތަރުވެ، ގިނަ ބައެއްގެ ސަމާލުކަން ލިބިފައިމިވަނީ އޭނާ ދިޔަ ސެލޫން އެއްގައި ހުރި ހެއާ ސްޓައިލިސްޓު ސްޓެފަނީ ކެރިއްލޯ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކަކާއެކުގައެވެ.

ކެއިޓްލިން ބުނެފައިވާ ގޮތުގައި އޭނާ ހައި ސްކޫލުގައި އުޅުނު އިރުެއްސުރެ ޖެނިފާ އާ ވައްތަރު ކަމަށް މީހުން ބުނެއެވެ.

ޖެނިފާ އެނިސްޓަން އަކީ ޓީވީ ސީރީޒް "ފްރެންޑްސް" ގެ ރޭޗަލް ގްރީން ގެ ރޯލު ކުޅެ ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދި ތަރިއެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!