ދުނިޔެ

އެމެރިކާގެ ރައީސްކަމަށް ވާދަކުރަން ކަންޔޭ ސީރިއަސް!

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ ރައީސް ކަމަށް ވާދަ ކުރަން ރެޕްއާޓިސްޓް ކަންޔޭ ވެސްޓް (43އ.) އިއުލާނު ކޮށްފައިވާއިރު، އެމަގާމަށް ވާދަކުރަން ރަސްމީކޮށް އިއްޔެ ފޯމު ހުށައަޅައިފިއެވެ.

Ads by WAMCO

މަޝްހޫރު ޕޮޕް ކަލްޗަރ އައިކަން ކިމް ކާޑިޝަން ވެސްޓް ގެ ފިރިމީހާ ކަންޔޭ އެމެރިކާގެ ރައީސް ކަމަށް އެދި ފުރަތަމަ ފުރާފައިވަނީ ފެޑެރަލް އިލެކްޝަން ކޮމިޝަން ފޯމެވެ.

ކަންޔޭ ބުނި ގޮތުގައި އޭނާ ވާދަކުރަނީ ތާރޑް ޕާޓީ "ބީޑީވައި" ގެ ކެންޑިޑޭޓެއްގެ ގޮތުގައެވެ. ބީޑީވައި އަކީ "ބާރތުޑޭ ޕާޓީ" ކަމަށް ވެސް ކަންޔޭ ބުނެފައިވެއެވެ.

އެމެރިކާގެ ރައީސް ކަމަށް ވާދަކުރާނެ ކަމަށް ކަންޔޭ އެންމެ ފުރަތަމަ އިއުލާނު ކުރުމުން ގިނަ ބަޔަކު ހީކުރީ އެއީ އޭނާ މަޖަލަކަށް ބުނި އެއްޗެއް ކަމަށެވެ. ނަމަވެސް އެފްއީސީ ފޯމު ފުރުމުން މިކަމާއި ކަންޔޭ ސީރިއަސްކަން ހާމަވެއްޖެއެވެ.

ރައީސް ކަމަށް ވާދަ ކުރުމަށް ކިމްގެ ސަޕޯޓު އޭނާގެ ފިރިމީހާއަށް ލިބިފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!