ޚަބަރު

ނެޓްފްލިކްސް ޕާސްވޯޑް ނުދިނުމުން ޖެހުނީ މަރާ ހަނގުރާމަ ކުރަން

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމެރިކާގެ 50 އަހަރުގެ މީހަކު އޭނާގެ ކޮއްކޮއަށް ނެޓްފްލިކްސް ޕާސްވޯޑް ނުދިނުމުން ކޮއްކޮގެ ހަމަލާތަކެއް ލިބި ހާލު ދެރަ ވެއްޖެއެވެ.

Ads by MWSC

ޚަބަރުތައް ބުނާ ގޮތުގައި އޭނާގެ ކޮއްކޮ މަސައްކަތް ކުރީ ވަޅިއަކުން އޭނާގެ ނޭފަތް ބުރި ކޮށްލުމަށެވެ. އަދި އޭނާ އެގޮތަށް ބޭބެއަށް ހަމަލާ ދިނީ ބޭބެގެ ނެޓްފްލިކްސް ޕާސްވޯޑު އޭނާއަށް ނުހޯދުމުން ކަމަށް މީޑީއާ ތަކުން ރިޕޯޓް ކުރެއެވެ.

މި ކުއްޖާ އޭނާގެ ބޭބެގެ ނެޓްފްލިކްސް ޕާސްވޯޑު ހޯދަން މަސައްކަތް ކުރީ އޭނާ ނިދާފައި އޮއްވައެވެ. އަދި އޭނާ ނިދާ ހޭލައި ދެމީހުން ދެމެދު ވަނީ ޒުވާބެއް ހިނގާފައެވެ. އަދި އެ މައްސަލަ ހޫނުވެ ފިރިހެން ކުއްޖާ ވަނީ ވަޅިން ބޭބެގެ ނޭފަތަށް ހަމަލާ ދީފައެވެ.

ވަޅިން ހަމަލާ ދިނުމުން މި ފިރިހެން މީހާ ޒަހަމް ވެފައިވާ ކަމަށާއި އޭނާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންދެވިފައި ކަމަށް ވެސް މީޑީއާތަކުން ބުނެއެވެ. އަދި ފުލުހުންނަށް އާދެވުމުގެ ކުރިން މި ފިރިހެން ކުއްޖާ ވަނީ ފިލާ ރައްކާވެފައެވެ.

ނެޓްފްލިިކްސްއަކީ ފައިސާ ދައްކައިގެން އޮންލައިންކޮށް ސީރީސް އަދި ފިލްމްތައް ބަލާލެވޭ އޮންލައިން ޕްލެޓްފޯމެކެވެ. ނެޓްފްލިކްސްގައި އެކި ޕެކޭޖްތައް ހިމެނޭއިރު، އެންމެ ދަށް ޕެކޭޖަކީ ވެސް އެއްފަހަރާ ބޭނުން ނުކުރާނަމަ، އެތައް ބަޔަކަށް އެ އެކައުންޓް ބޭނުން ކުރެވޭ އެކައުންޓްތަކެވެ. މީގެ ސަބަބުން ނެޓްފްލިކްސް ޕާސްވޯޑް އާއިިލާ އަދި ރައްޓެހިންނާ ހިއްސާކުރުމަކީ ވަރަށް އާއްމު ކަމެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން އެމެރިކާގައި ނެޓްފްލިކްސް ބޭނުންކުރާ 74 މިލިއަން މީހުންގެ ތެރެއިން 20 އިންސައްތައާއި 30 އިންސައްތައާ ދެމެދުގެ އަދަދެއްގެ މީހުންނަކީ އެކައުންޓު ޝެއަރކޮށްގެން ބޭނުންކުރާ މީހުންނެވެ. މިއާއެކު ނެޓްފްލިކްސް ބޭނުންކުރާ ފަރާތްތަކުގެ ތެރެއިން މިގޮތަށް ބޭނުން ކުރާ ގިނަ ފަރާތްތައް އަމިއްލަ އެކައުންޓެއް ހުޅުވުމަށް ބާރު އެޅުމަށް ނެޓްފްލިކްސްއިން ވަނީ އާ ފީޗަރއެއް ޓެސްޓުކުރަން ފަށަން ނިންމާފައެވެ

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!