މަސް ފެންގަނޑަށް ވެއްޓުނު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފި
ލ. ގަމުގައި މަސް ފެންގަނޑަކަށް ވެއްޓުނު 14 މަހުގެ ތުއްތު ކުއްޖާ އިތުރު ފަރުވާއަށް މާލެ ގެނެސްފިއެވެ.
މަސް ފެންގަނޑަކަށް ވެއްޓި ހާލު ސީރިއަސްވެ އެ ކުއްޖާއަށް ވަނީ ގަން ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދީފައެވެ. އެ ކުއްޖާ މާލެ ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މާލެ ގެނެސްފައި ވަނީ މިއަދު އެވެ.
ކުއްޖާ އެ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ހޭ ނެތިފައި ކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން ބުނެފައިވެއެއެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ކުއްޖާ ވެއްޓުނީ އެހެން ގެއެއްގައި ހަދާފައި ހުރި މަސް ފެންގަނޑަކަށެވެ. އަދި ކުއްޖާ ފެންގަނޑަށް ވެއްޓުނު އިރު އެތަނުގައި އެހެން ކުދިން ތިބި ކަމަށްވެސް ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ.
Ads by Allied Insurance