ދުނިޔެ

އިންޑިއާގައި ކޮވިޑު ޖެހިގެން ރިޕޯޓުކުރި މީހުނަށް ވުރެ ގިނައީ ރިޕޯޓުނުކުރާ މީހުން

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދަު އެއް މިލިއަނަށް އަރާފައިވާއިރު އެގައުމުގައި ކޮވިޑް ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދަށް ވުރެ ރިޕޯޓުކުރާ މީހުންގެ އަދަދަު ގިނަވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ތަޖުރިބާކާރުން ބުނެފިއެވެ.

Ads by Sosun Fihaara

އެގޮތުން އިންޑިއާގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓް މީހުން ދިރިއުޅެނީ ރަށްފުށުގެ އެކަހެރި ހިސާބުތަކުގައި ކަމަށްވުމާއެކު އެ ސަރަހައްދުތަކަކީ ސިއްހީ ވަސީލަތްތައް އެންމެ ފުރިހަމަ އަށް ނުލިބޭ ތަންތަން ކަން އިންޑިއާގެ ސިއްހީ ތަޖުރިބާކާރުން ފާހަގަކޮށްފައިވެއެވެ. އަދި މި ސަރަހައްދުތަކުގައި ވައިރަސް ފެތުރޭ މިންވަރު ބެލެނީ ވެސް ވަރަށް ކުޑަކޮށް ކަން ފާހަގަކޮށްފައިވެއެވެ.

ވައިރަހުގެ ކޭސްތައް އެއް މިލިއަނަށް އަރާފައިވާއިރު ކުރިން ވައިރަސް ނުފެންނަ ގިނަ ހިސާބުތަކުން ވައިރަސް ދަނީ ފެންނަމުންނެވެ.

އިންޑިއާ އަކީ މިވަގުތު ދުނިޔޭގައި ދެވަނަ އަށް އެންމެ ގަދައަށް ވައިރަސް ފެތުރެމުން އަންނަ ގައުމެވެ. އެންމެ ބާރަށް ފެތުރެމުންދަނީ އެމެރިކާގައެވެ.

ބާރަށް ފެތުރޭ ގައުމުތަކުގެ ލިސްޓުގެ ދެވަނައިގައި އިންޑިއާ އޮތް ނަމަވެސް އިންޑިއާ އޮތީ ކޮވިޑް އެންމެ ގިނައިން ޖެހުނު މީހުންގެ ލިސްޓުގެ 3 ވަނައިގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!