އެސްޓީއޯއިން ލޭ ހަދިޔާކުރުމުގެ ކޭމްޕެއް ބާއްވައިފި
އެސްޓީއޯއިން އިސްނަގައިގެން ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ބާއްވައިފިއެވެ. މި ކޭމްޕުގައި އެސްޓީއޯގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިފައެވެ.
އެގޮތުން ތެލެސީމިއާ ސެންޓަރުގައި ކުރިއަށް ދިޔަ މި ކޭމްޕުގައި އެސްޓީއޯގެ ބޯޑް މެމްބަރުންނާއި މެނޭޖްމަންޓްގެ އިސްވެރިން ފައްޓަވައިދެއްވި އެ ކޭމްޕްގައި 80 އަށް ވުރެ ގިނަ މުވައްޒަފުން ލޭ ހަދިޔާ ކުރި ކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.
STO Blood Donation Camp has commenced at Thalassemia Center today. Over a total of 80 donors including members from STO's Board of directors, Management and Staff will be donating blood at today's camp. #STORC #DonateBloodSaveLives @mvthalsociety @MBS_mv pic.twitter.com/T2nIOlQjiG
— STO Plc (@stoplc) July 17, 2020
އެސްޓީއޯއިން ބުނީ އެ ހަރަކާތް ކުރިއަށް ގެންދިޔައީ މިދުވަސްވަރު ބްލަޑް ބޭންކަށް ލޭ ގިނަ އަދަދަކަށް ބޭނުންވެފައިވާ ދުވަސްވަރަކަށް ވެފައިވާތީވެ އެކަމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ. އަދި ކުރިއަށްއޮތް ތަނުގައި ވެސް އެފަދަ ކޭމްޕަތައް އިންތިޒާމުކުރާނެ ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.
ކޮވިޑް-19 ގެ ހާލަތުގެ ސަބަބުން ލޭ ލިބުން ދަތިވެ، ލޭގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައި ވާތީ އާންމުންގެ އެހީތެރި ކަމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމްބީއެސް) އިން ވަނީ ތަކުރާރުކޮށް އެކި ފަހަރު މަތިން އެދި ފައެވެ.