ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފުލުހުން، ދިވެހި ފުލުހުން، ޕޮލިސް
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ. ދެން ފައިލް ފޮޓޯ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

Ads by Sosun Fihaara

މި ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާ ލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން،  ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެ ދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

މާރިޗު 14 ވަނަ ދުވަހު ރިލެކްސްއިން ގޯޅިތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ 55 ރުފިޔާ. އިންސިޑެންޓް ނަންބަރު 481593

މާރިޗު 15 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޕިކަޕެއްގެ ސްޕެއަރޕާޓްސް. އިންސިޑެންޓް ނަންބަރު 481624

މާރިޗު 16 ވަނަ ދުވަހު ނީލަން ފިހާރަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކޮންސްޓްރަކްޝަން ހޮޅި ބިޑިތަކެއް. އިންސިޑެންޓް ނަންބަރު 481729

މާރިޗު 16 ވަނަ ދުވަހު ބުރުޒުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ދެ މީހެއްގެ އަތުން ފެނިފައިވާ ދެ އެނބުރި ދަގަނޑު. އިންސިޑެންޓް ނަންބަރު 481746

މާރިޗު 17 ވަނަ ދުވަހު ހުކުރު މިސްކިތް ވުޟޫކުރާ ތަނުން ފެނިގެން އާންމު ފަރާތުން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އެޕަލް ގަޑިއެއް. އިންސިޑެންޓް ނަންބަރު 481878

މާރިޗު 17 ވަނަ ދުވަހު ޗާންދަނީމަގު ޖަލާލުއްދީން މިސްކިތްކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ބައިސްކަލެއް. އިންސިޑެންޓް ނަންބަރު 481845

މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާ ކުރެއްވުމަށާއި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުމަށް ފުލުހުން އެދެއެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!