ދުނިޔެ

މާދަމާއިން ފެށިގެން ސައުދީ އަރަބިއާގެ މުޤައްދަސް ބިނާތަކަށް ޒިޔާރަތް ކުރުން މަނާ

ދެން އެމްވީ ، ދެން އޮންލައިން

ކައިރޯ: މާދަމާއިން ފެށިގެން ސައުދީ އަރަބިއާގެ މުޤައްދަސް ބިނާތަކަށް ޒިޔާރަތް ކުރުން މަނާ ފެށިގެން ސައުދީ އަރަބިއާގެ މުޤައްދަސް ބިނާތަކަށް ހުއްދަ ނެތި ޒިޔާރަތް ކުރުން މަނާ ކުރަން އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

Ads by WAMCO

ރިޕޯޓުތަކުން ބުނާގޮތުގައި އެޤައުމުން މިފަދައިން ނިންމާފައިވަނީ ޙައްޖުގެ މާތް އަޅުކަމަށް ތައްޔާރުވުމުގެ ގޮތުން، ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް އިން އެބިނާތައް ރައްކާތެރި ކުރުމުގެ ގޮތުންނެވެ.

މައްކާގެ ސެކިއުރިޓީ ސެންޓަރުތަކުން މުޤައްދަސް ހުރިހާ ބިނާތަކެއްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތްތައް އާދީއްތަ ދުވަހުން ފެށިގެން ކުރިއަށްގެންދާނެ ކަމަށާއި ހުއްދަ ނެތި އެއްވެސް ފަރާތަކަށް އެތަންތަނަށް ނުވަދެވޭނެ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

އެގޮތުން ވަނުން މަނާ ކުރަނީ މިނާ، މުޛްދަލިފާ އަދި އަރަފާތު ބިމުގައި ހުރި މުޤައްދަސް ބިނާތަކެވެ.

ސައުދި އަރަބިއާ ގެ އިންޓީރިއާރ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ހުއްދަ ނެތި އެބިނާތަކަށް ވަނުން މަނާކޮށްފައިވަނީ ޛުލްޤައިދާ މަހުގެ 28 ވަނަ (19 ޖުލައި ވާ އަަދީއްތަ) ދުވަހުން ފެށިގެން ޛުލްޙިއްޖާ މަހުގެ 12 ވަނަ (2 އޮގަސްޓް ވާ އަަދީއްތަ) ދުވަހާއި ހަމައަށެވެ.

މިއަމުރާއި ޚިލާފުވާ މީހުން 10،000 ރިޔާދުން ޖޫރިމަނާ ކުރެވޭނެ ކަމަށާއި އެކަން ތަކުރާރު ވެއްޖެނަމަ އޭގެ ދެގުނަ އަދަދު ދައްކަން ޖެހޭނެ ކަމަށްވެސް ސައުދީ ސަރުކާރުން ނިންމާފައިވެއެވެ.

މުޤައްދަސް ބިނާތަކަށް ދާން ހުންނަ ހުރިހާ މަގެއްގައި މާދަމާއިން ފެށިގެން ސިފައިން ހަރަކާތްތެރިވަމުން ދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!