މުނިފޫހިފިލުވުން

ހާލު ދެރަވެ، އައިޝްވާރިޔާ ވެސް ހޮސްޕިޓަލުގައި އެޑްމިޓުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑަށް ފައްސިވެފައިވާ އައިޝްވާރިޔާ ބައްޗަން ރާއީ އާއި އޭނާގެ ދަރިފުޅު އަރާދިޔާ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފިއެވެ.

Ads by Hajj Corporation

ނާނާވަތީ ހޮސްޕިޓަލުގައި މި ދެމައިން އެޑްމިޓް ކޮށްފައިވަނީ ހުކުރު ދުވަހު ދެ މައިން ވެސް ހުން ގަދަވެ ނޭވާ ކުރުވާ ގޮތް ވާން ފެށުމުންނެވެ. ނާނާތީ ހޮސްޕިޓަލަކީ އެ އާއިލާގެ އެހެން މެންބަރުންވެސް ކޮވިޑް ޖެހިގެން އެޑްމިޓުކުރި ހޮސްޕިޓަލެވެ.

އިޝްވަރިޔާ އާއި ދަރިފުޅުކޮވިޑް-19 އަށް ފައްސިވެފައިވާ ކަން އެނގުނީ މިމަހުގެ 12 ވަނަ ދުވަހު، އައިޝްވަރިޔާގެ ބަފައިބެ އަމީތާބު ބައްޗަން އާއި ފިރިމީހާ އަބީޝެކް ބައްޗަން ކޮވިޑް-19 އަށް ފައްސިވުމުން އާއިލާގެ އެންމެން ޓެސްޓްކުރި ކުރުމުންނެވެ.

އަމީތާބުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!