މުނިފޫހިފިލުވުން

މުހައްމަދު ޚާލިދުގެ ލަވަތައް: އަދިވެސް ހަމަ މަރެއް!

ދެން އެމްވީ ، ދެން އޮންލައިން

ވޮއިސް އޮފް މޯލްޑިވްސް އަކީ 2010 ވަނަ އަހަރު ޓީވީއެމް އިން އިންތިޒާމްކޮށްގެން ބޭއްވި ލަވަ މުބާރާތެކެވެ. މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި މި މުބާރާތުން ވެސް ވަރަށް ގިނަ ހުނަރުވެރި ލަވަކިޔުންތެރިންތަކެއް އުފެދިގެން ދިޔައެވެ.

Ads by STELCO

ވޮއިސް އޮފް މޯލްޑިވްސްގެ ފުރަތަމަ ސީޒަންގެ އެއްވަނަ ލަވަކިޔުންތެރިންނަކީ އަކީ ޅ. ނައިފަރަށް އުފަން މުހައްމަދު ޚާލިދުއެވެ. އެތައް ބަޔެއް އެ އަޑެއްގެ ޖާދޫގައި ޖައްސައި މުބާރާތުގެ ޖަޖުން އާޝޯހު ކޮށްލި އަޑަކީ އެއީ އެވެ.

ނަމަވެސް ވޮއިސް އޮފް މޯލްޑިވްސް އަށް ފަހު މުހައްމަދު ޚާލިދުގެ މާ ގިނަ ލަވަތަކެއް އޭނާގެ ފޭނުންނާ ހަމައަށް ގެނެސްދެވިފައެއް ނެތެވެ. މުހައްމަދު ޚާލިދު ގެ ލަވައެއް އަޑުއަހާލަން ކެތް މަދުވެފައި ތިބި އޭނާގެ ފޭނުންނަށް ލިބުނީ މާޔޫސް ކަމެވެ.

މިއޮތީ މުހައްމަދު ޚާލިދުގެ ފޭނުންނަށް އުފާވެރި ޚަބަރެކެވެ. މުހައްމަދު ޚާލިދު ވަނީ މި ފަހަކުން ލަވަތަކެއް ރިކޯޑްކޮށް ލަވަ ފޮށީގައި ހިއްސާ ކޮށްފައެވެ. ޓިކްޓޮކްގައިވެސް އޭނާގެ އެ ލަވަތައް ވަނީ ވައިގައި ހިފާފައެވެ. އޭނާގެ އުފަން ރަށް ނައިފަރުގައި ދިރިއުޅޭ މިއުޒީޝަނެއް ކަމުގައިވާ ޑީޖޭ ކައްޗޭ އާއެކު އޭނާ ވަނީ މި ފުރަބަންދުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.

ޑީޖޭ ކައްޗޭ އަކީ ރިސޯޓް ޑީޖޭ އަދި މިއުޒިކްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކޮށްފައިވާ ނައިފަރުގެ ޒުވާނެކެވެ. ޑީޖޭ ކައްޗޭގެ އެތައް ލަވަތަކެއް މިހާރުވެސް ނިކުމެފައިވާއިރު އަދިވެސް އެތައް ލަވަތަކެއް ނިކުތުމަށް ތައްޔާރު ވަމުންދާ ކަމުގައި އޭނާ ބުންޏެވެ.


ޑީޖޭ ކައްޗޭ އާއި އެކު މުހައްމަދު ޚާލިދު ކިޔާފައިވާ ލަވަތަަކަށް ބަލާއިރު މަލާއޭ، މަހިނޫރު އަދި ހީލުން ފާހަގަ ކޮށްލެވެއެވެ. އަދި މި ލަވަތަކަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފައެވެ.

ޑީޖޭ ކައްޗޭގެ މަލާއޭ މިހާރު ލަވަފޮށީގައި ގަދަ 10 ގަައިި ފިޔަ ޖަހަމުން ދާއިރު މުހައްމަދު ޚާލިދު އަދި އެހެން ވެސް ލަވަ ކިޔުންތެރިންނާއެކު އޭނާގެ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. ގިނަ ބަޔަކު ބުނާ ގޮތުގައި މުހައްމަދު ޚާލިދުގެ އަޑު މިހާރު މާ ތަފާތު ވެފައި ރީއްޗެވެ.

މުހައްމަދު ޚާލިދުގެ ގިނަ ލަވަތަކެއް ރިކޯޑްކޮށްފައި ވާ ކަމަށާއި އެ ލަވަތައް ވަރަށް އަވަހަށް ނިކުންނާނެ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ ހަމަ ގައިމުވެސް މުހައްމަދު ޚާލިދުގެ ލަވަތަކަށް ލޯބި ކުރާ ފަރާތްތަކަށް އުފާވެރި ހަބަރެކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!