ކޮވިޑް19: ގޭގައި ކަރަންޓީނުގައި ހުރި މީހަކު ނިޔާވެއްޖެ
 
                                                    ބ. އަތޮޅު ތުޅާދޫގައި ގޭގައި (ހޯމް) ކަރަންޓީންގައި ހުރި އުމުރުން ދުވަސްވީ ފިރިހެނަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.
އޮންލައިން ނޫހެއް ކަމަށްވާ "ވަގުތު" ގައި ބުނެފައިވާ ގޮތުގައި މި މީހާ ނިޔާވެފައިވަނީ މިއަދު މެންދުރުއެވެ.
އެ މީހާ މާލެ އިން ތުޅާދޫއަށް ހޯމް ކަރަންޓީނަށް ގޮސްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ.
ނިޔާވި މީހާގެ ސާމްޕަލް ކޮވިޑަށް ޓެސްޓުކުރުމަށް އޭދަފުއްޓަށް ގެންގޮސްފައިވާއިރު. ޓެސްޓު ކުރި ނަތީޖާ ލިބެން ދެން ނިޔާވި މީހާ ބާއްވާފައި އޮތީ ސިއްހީ މަރުކަޒުގައެވެ.
 
Ads by Ooredoo
 
  
 
 
		
 
		
 
		
 
		
