ދުނިޔެ

ކޮވިޑް19: އިންޑިއާ މިލިއަނަކަށް، ބްރެޒިލް ދެ މިލިއަނަށް

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމު ކަމަށްވާ ބްރެޒިލް ގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރައިފިއެވެ. ބްރެޒިލްގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު 2 މިލިއަނަށް އަރާފާއިވާއިރު އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވެސް ވަނީ އިއްޔެ 1 މިލިއަނަށް އަރާފައެވެ.

Ads by WAMCO

ބްރެޒިލް އިން ދުވާލެއްގެ މައްޗަށް ރިޕޯޓުކުރަމުން އަންނަ ކޭސްތަކުގެ އަދަދުވެސް އިތުރުވެފައިވާއިރު އަދިވެސް ޓެސްޓު ކުރެވޭ މިންވަރު މަދުކަން ސިއްހީ މާހިރުން ފާހަގަކުރެއެވެ. އަދި އެހެންކަމުން އަދިވެސް ކޭސްތަކުގެ އަދަދުތަކުގެ ސައްހަކަމާއިމެދު ސުވާލު އުފެދެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބްރެޒިލްގެ ހޮސްޕިޓަލުގައި ހާއްސަކޮށް އައިސީޔޫ ބެޑުތައް ވަނީ ފުރިފައެވެ. އަދި ގިނަ ތަންތަނުގައި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމުވެސް ހަމަޖެހިފައިނެތެވެ.

ބްރެޒިލްގައި ކޮވިޑް19 މިހާބޮޑަށް ފެތުރިފައިވަނީ ބްރެޒިލްގެ ރައީސް ޖައިރު ބޮލްސެނާރޯގެ ސަރުކާރުން ބައްޔާ ދެކޮޅަށް އެކަށީގެންވާ ފިޔަވަޅުތައް ނޭޅުމުން ކަމުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ އާދައިގެ ހުމެއް ކަމަށް ވިދާޅުވި ރައީސް ޖައިރު ބޮލްސެނާރޯ ވެސް ވަނީ މިހާރު ކޮވިޑަށް ފައްސިވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!