ތޮއްޑޫގެ ގެސްޓްހައުސަކުން ބަނގުރާ ފެނިފައިވާ މައްސަލައެއްގައި މީހަކު ހޯދަނީ
 
                                                    އއ.ތޮއްޑޫގައި ހިންގާ ގެސްޓް ހައުސްއަކުން ބަނގުރާ ފެނިފައިވާ މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހޯދަން ފުލުހުން ޢިއުލާންކޮށްފިއެވެ.
މިމައްސަލައިގައި ސުވާލު ކުރުމަށް ފުލުހަށް ހާޒިރުވުމަށް އަންގާ އިއުލާނު ކޮށްފައިވަނީ ޅ.ކުރެންދޫ/ވީލްހައުސް މުޙައްމަދު ޢަބްދުﷲ އެވެ.
ފުލުހުން ބުނީ ރަސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދު ކުރެވިފައި ނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަންގާކަމަށެވެ.
 
  Ads by HDC
 
 

 
		
 
		
 
		
 
		
