ލައިފްސްޓައިލް

ކުޑަކުޑަ ކަމެއް ކޮށްލައިގެން ވެސް ލޯ ކައިރި ކަޅުވުމުން ސަލާމަތް ވެވިދާނެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ލޯ ކައިރި ކަޅުވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. ގިނަ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިކަމުން ސަލާމަތްވުމަށް ކުރަންޖެހޭ ކަމަކީ ގިނައިން ފެން ބުއިމާއި ރަނގަޅަށް ނިދުމެވެ. ނަމަވެސް ދުޅަހެޔޮ ސިއްހަތެއްގައި ތިބޭ , ކަންކަމަށް ފަރުވާތެރިވާ މީހުންނަށް ވެސް މި މައްސަލަ ކުރިމަތިވެއެވެ. ލޯ ކައިރި ކަޅުވުމުން ސަލާމަތްވުމަށްޓަކައި އަގުބޮޑު ކްރީމް ތައް ގަންނަ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް މިއީ ވަރަށް ހަރަދު ކުޑަކޮށް ފަސޭހަ ކަމާއެކު ހައްލު ހޯދިދާނެ މައްސަލައެކެވެ.

Ads by MWSC

އަލުއްވަކީ ލޯ ކައިރި ކަޅުވުމުން ދުރުކޮށްދޭ ވަރަށް ފައިދާ ހުރި އެއްޗެކެވެ. އަލުވީގައި ހިމެނޭ މާއްދާ ތަކުގެ ސަބަބުން ލޯ ދުޅަވުން ވެސް ހުއްޓުވައި ދެއެވެ.

އަލުވީގައި ހިމެނޭ މާއްދާއެއް ކަމަށްވާ ކެޓެކޮލް އަކީ ގުދުރަތީ ގޮތުން ގިނަ ގުނަ ފައިދާތައް ލިއްބައިދޭ އެއްޗެކެވެ. އެގޮތުން މިއީ ހަންގަނޑު އަލި ކޮށްދޭ ކްރީމް ތައް އުފެއްދުމަށް ވެސް ބޭނުންކުރާ އެއްޗެކެވެ. އެހެންކަމުން އަލުވީގެ ސަބަބުން ލޯ ކައިރީގައި ކަޅުވެފައި ހުންނަ ތަންތަން އަލި ކޮށްދީ މޫނު ރީތި ކޮށްދެއެވެ.

އަލުވި ބޭނުން ކޮށްގެން ލޯ ކައިރި ކަޅުވުމުން ސަލާމަތްވުމަށްޓަކައި ފުރަތަަމަ އަލުއްވެއް ރީތިކޮށް ދޮވެ ސާފު ކޮށްލާށެވެ. އަދި ތުނިކޮށް އަލުވި ފޮތި ކޮށްލުމަށްފަހު ލޯ ކައިރީގައި ކަޅުވެފައި ހުންނަ ތަނުގައި އަޅާށެވެ. މި ގޮތަށް އަލުވި ބޭނުން ކުރާއިރު ލޮލުގެ ތެރެއަށް އަލުވީގެ ދިޔަ ނުދާނެ ގޮތައް ރައްކާތެރި ކަމާއި އެކު ބޭނުން ކުރުން މުހިއްމެވެ.
މީގެ އިތުރުން އަލުވި ގޭނުމަށްފަހު ތުނި ފޮތިކޮޅެއްގެ ތެރެއަށް ލުމަށްފަހު ލޯ ކައިރީގައި ފޮތި ކޮޅު ޖައްސައިގެން ވެސް އަލުވި ބޭނުން ކުރެވިދާނެއެވެ.

ހަމައެހެންމެ އަލުވި ދިޔައިން ކަފަ ކޮޅެއް ފޯ ކޮށްލުމަށްފަހު ކަފަ ކޮޅު ވެސް ލޯ ކައިރީގައި ޖެއްސި ދާނެއެވެ.މީގެ ތެރެއިން ކޮންމެ ގޮތަކަށް އަލުވި ބޭނުން ކުރި ކަމުގައި ވިޔަސް ލޯ ކައިރީގައި 15 މިނިޓް ވަންދެން އަލުވި، ފޮތި ނުވަތަ ކަފަކޮޅު ބާއްވަންޖެހޭނެ އެވެ. އަދި އަލުވީގެ ފައިދާ އެންމެ ރަނގަޅު ގޮތުގައި ލިބިގަތުމަށްޓަކައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު މި ގޮތަށް އަމަލު ކުރުން މުހިއްމެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!