ޚަބަރު

މާޗު 2 ގެ ފަހުން އުނގޫފާރުން އެހެން ރަށްރަށަށް ދިޔަ ފަރާތްތައް ރިޕޯޓްކުރަން އެދިއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މި މަހުގެ 2 ވަނަ ދުވަހުން ފެށިގެން ރ. އުނގޫފާރުން އެހެން ރަށަކަށް ދަތުރު ކޮށްފައިވާ ފަރާތެއް ހުރި ނަމަ ރިޕޯޓުކުރަން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އެދިވަޑައިގެންފިއެވެ.

Ads by Hajj Corporation

އެޗްޕީއޭއިން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ ރ. އުނގޫފާރުން ކޯވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިފައިވާތީ، 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުގައި އުޅެފައިވާ އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް/ހެލްތު ސެންޓަރަށް ރިޕޯޓުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި މިތާރީޚްގެ ފަހުން ރ. އުނގޫފާރަށް ގޮސްފައިވާ ފަރާތެއްވާނަމަ، އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިބުމަށް ވެސް ވަނީ އަންގާފައެވެ.

ހަމައެހެންމެ 2 މާރިޗް 2021 ގެ ފަހުން ރ. އުނގޫފާރުން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، އަދި ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެގުމަށާއި ނަތީޖާ ނައްސިވި ކަމުގައި ވިޔަސް އުނގޫފާރުން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!