ވިޔަފާރި

ކުކުޅު ފިހާރައިގެ އީ-މޯލް: މާސްކާއި ސެނެޓައިޒަރގެ އަގު ވަރަށް ހެޔޮކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް" އިން ހަތަރު ލޭޔާ މާސްކާއި ސެނެޓައިޒާގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

Ads by STELCO

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވީ، މިދުވަސްވަރަކީ ކޮވިޑުން ސަލާމަތްވުމަށް ރައްޔިތުން ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާ ދުވަސްވަރެއްކަމުން، ކަސްޓަމަރުންނަށް ހެޔޮ އަގުގައި މާސްކާއި، ސެނެޓައިޒަރ ފޯރުކޮށް ދިނުމަކީ އެ ފިހާރައިގެ މަގުސަދުކަމަށެވެ. އެގޮތުން މިހާރު މާސްކް ލިބެން ހުންނާނީ 18 ރުފިޔާ އަށެވެ. އަދި ސެނެޓައިޒާ ފުޅިއެއްވެސް 18 އަށް ލިބޭނެ ކަމަށް ނަޝާތު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންނަށް ދޭ ޚިދުމަތަކީ، އަތްފޯރާ ފަށުގައި ދޭ ޚިދުމަތެއް. ތަކެތީގެ އަގު އަބަދުވެސް ހެޔޮވާނެ. މިހާރު މާސްކެއް 18 ރުފިޔާއަށް އަދި ސެނިޓައިޒަރ ފުޅިއެއްވެސް 18 ރުފިޔާއަށް ލިބޭނެ" ނަޝާތު ވިދާޅުވިއެވެ.

ކުރިން 22 ރުފިޔާއަށް ވިއްކި ސެނެޓައިޒަރ ފުޅިއެއް މިހާރު 18 ރުފިޔާއަށް ލިބޭއިރު، މި ސެނިޓައިޒަރ އަކީ ރާއްޖޭގައި މިވަގުތު ވިއްކަމުންދާ އެންމެ ކޮލިޓީ ސެނެޓައިޒާ ކަމަށާއި އަދި އަގުގެ ގޮތުން ބެލިޔަސް އެ ސެނެޓައިޒާއަކީ އަތްފޯރާ އަގެއްގައި ލިބޭނެ ސެނެޓައިޒާ ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ.

These face masks are made from 4 layers
that filters germs and other particles while allowing you
to breathe normally....

Posted by Kukulhu fihaara on Wednesday, July 8, 2020

އަދި މިހާރު މާސްކެއް 18 ރުފިޔާއަށް ލިބޭއިރު، މި މާސްކަކީ ފެންވަރު ރަނގަޅު މާސްކެއް ކަމަށްވެސް ނަޝާތު ވިދާޅުވިއެވެ. އެގޮތުން 4 ފަށަލަ (ލޭޔާ) ލާފައިވާ މި މާސްކުގެ ފުރަތަމަ ލޭޔާ އަކީ ރެޕެލަންޓް ލޭޔާއެއް ކަމަށާއި ދެން ހުރި ދެ ލޭޔާއަކީ ތަފާތު އެކި ބެކްޓީރިއާ ތަކާއި ކުނޑިތަކުން ރައްކާތެރި ކޮށްދޭ ދެ ލޭޔާ ކަމަށެވެ. އަދި ހަތަރު ވަނަ ލޭޔަރަކީ މިފަދަ ކުނޑިތައް ދަމައިގަންނަ ލޭޔަރެއް ކަމަށާއި އެހެންކަމުން މި ބާވަތުގެ މާސްކަކީ ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި އާއްމުކޮށް ބޭނުންކުރަން އެކަށީގެންވާ މާސްކެއްގެ ގޮތުގައި ސިއްހީ މާހިރުން ލަފާ ދީފައިވާ ކެޓަގަރީގެ މާސްކެއް ކަމަށް ނަޝާތު ވިދާޅުވިއެވެ.

Home

<!--
/*! This file is auto-generated */
!function(d,l){"use strict";var e=!1,o=!1;if(l.querySelector)if(d.addEventListener)e=!0;if(d.wp=d.wp||{},!d.wp.receiveEmbedMessage)if(d.wp.receiveEmbedMessage=function(e){var t=e.data;if(t)if(t.secret||t.message||t.value)if(!/[^a-zA-Z0-9]/.test(t.secret)){var r,a,i,s,n,o=l.querySelectorAll('iframe[data-secret="'+t.secret+'"]'),c=l.querySelectorAll('blockquote[data-secret="'+t.secret+'"]');for(r=0;r<c.length;r++)c[r].style.display="none";for(r=0;r<o.length;r++)if(a=o[r],e.source===a.contentWindow){if(a.removeAttribute("style"),"height"===t.message){if(1e3<(i=parseInt(t.value,10)))i=1e3;else if(~~i<200)i=200;a.height=i}if("link"===t.message)if(s=l.createElement("a"),n=l.createElement("a"),s.href=a.getAttribute("src"),n.href=t.value,n.host===s.host)if(l.activeElement===a)d.top.location.href=t.value}}},e)d.addEventListener("message",d.wp.receiveEmbedMessage,!1),l.addEventListener("DOMContentLoaded",t,!1),d.addEventListener("load",t,!1);function t(){if(!o){o=!0;var e,t,r,a,i=-1!==navigator.appVersion.indexOf("MSIE 10"),s=!!navigator.userAgent.match(/Trident.*rv:11./),n=l.querySelectorAll("iframe.wp-embedded-content");for(t=0;t

ކުކުޅު ފިހާރަ ޝޮޕިން މޯލަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ އެއް މޯލްއެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ ފަރާތުން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާ އެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް ކުކުޅު ފިހާރައިން ބުނެއެވެ.

މާސްކާއި ސެނެޓައިޒާ ގަތުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް، މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އަދި "ކުކުޅު ފިހާރަ" ގެ ވެބްސައިޓް ، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!